ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ފަހަން ދަސްކޮށްދޭ ކޯހާގުޅޭ
                                މިކޮމެޓީ އާއި ރަށު ކައުންސިލް އާއި ގުޅިގެން ރަށުގެ ކަނބަލުންނަކީ ފުދުންތެރި ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ކަނބަލުންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ފަހާކޯސް ކުރިޔަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި ކޯހުގައި ބައިވެރިންނަށް އަންނަނިވި ބައިތައް ދަސްކޮށްދެން ވާނެއެވެ.
- ފަހާފޮށި އޮޕެރޭޓް ކުރާނޭގޮތް
 - ފަހާފޮށި ރޫޅާލައި ރާވާނޭގޮތް
 - ދަބަސް ޑިޒައިންކޮށް ފަހާނޭގޮތް
 - އެކި ޑިޒައިންތަކަށް ފަތިޖެހުން
 - ތަފާތު ވައްތަރަށް ހެދުން ޑިޒައިން ކުރުން
 - ތަފާތު ވައްތަރަށް ހެދުމުގެ ކަރު ހެދުން
 - ތަފާތު ވައްތަރުގެ ގިރުވާނު ހެދުން
 - ތަފާތު އަތުކުރި ހެދުން
 - ގަމީސް ފަހަން ދަސްކޮށްދިނުން
 - ސޫޓް ފަހަން ދަސްކޮށްދިނުން
 - ތަފާތު ވައްތަރުގެ ހަރުވާޅު ފަހަން ދަސްކޮށްދިނުން
 - ބެލްސް ފަހަން ދަސްކޮށްދިނުން
 - ތަފާތު ވައްތަރުގެ ސުކާޓް ފަހަން ދަސްކޮށްދިނުން
 - ތުއްތު ކުދިންގެ ހެދުން ފަހަން ދަސްކޮށްދިނުން
 - ބަނޑުފެޅި ހެދުން ފަހަން ދަސްކޮށްދިނުން
 - ބުރިކުރި ހެދުން ފަހަން ދަސްކޮށްދިނުން
 - ބެޓް ހެދުން ފަހަން ދަސްކޮށްދިނުން
 - ކޮކާ ހެދުން ފަހަން ދަސްކޮށްދިނުން
 - ބޯވަޅު ހެދުން ފަހަން ދަސްކޮށްދިނުން
 - ފުއްޕި ހެދުން ފަހަން ދަސްކޮށްދިނުން
 - ޔުނިފޯމް ފަހަން ދަސްކޮށްދިނުން
 - ޒިބުލީ ހެދުން ފަހަން ދަސްކޮށްދިނުން
 - ގޮތްވަޅު ހެދުން ފަހަން ދަސްކޮށްދިނުން
 - ތަފާތު ޑިޒައިން ތަކަށް ހެދުން ކަޑަން ދަސްކޮށްދިނުން
 - ޝޯލް ފަހާނެގޮތް ދަސްކޮށްދިނުން
 - ޕާޓީ ހެދުން ފަހާނެގޮތް ދަސްކޮށްދިނުން
 - ހެދުން ޑިޒައިން ކުރާނެގޮތް ދަސްކޮށްދިނުން
 - ހެދުން ކެޑުމަށް ގައިން މިން ނަގާނެގޮތް ދަސްކޮށްދިނުން
 
v ކޯސް ހިންގުމަށް ބޭނުންވަނީ މަދުވެގެން 28 ދުވަހުގެ މުއްދަތަކަށެވެ.
އެވޯޑް ކުރުމުގައި ބެލެވޭނެ ކަންތައްތައް:
- އަގަށް : %80
 - އިތުރު އައިޓަމް ދަސްކޮށްދިނުން: (އިތުރު ކޮންމެ ހަރަކާތަކަށް 2 މާކްސް)
 - ތަޖުރިބާ އަށް (ހިންގާފައިވާ ކޮންމެ ހަރަކާތެއްގެ ލިޔުމަކަށް 2 މާކްސް)
 
އަންދާސީ ހިސާބު ފޯރުކޮށްދެވޭނީ 1 ބައިވެރި އަކަށް ނަންގަވާނެ އަދަދެއް ސާފުވާނެހެންނެވެ.
ވީމާ،މިކޯސް ހިންގައިދިނުމަށް ބޭނުންވެލައްވާ ފަރާތްތަކުން 22 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ 12:00 ކުރިން އަންދާސީހިސާބު މި ކައުންސިލްގެ މެއިލްއަށް މެއިލް ކޮށްދެއްވުން އެދެމެވެ.
             19 އޮކްޓޫބަރު 2023
            
        
                    ހޯދާ  
                
                