ދިވެހިރާއްޖެ
ޢިއުލާން
ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫކައުންސިލް އިދާރާގެ ވަށާފާރު ރޭނުން
މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް، ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާގެ ވަށާފާރު ރޭނުމުގެ މަސައްކަތްކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި އިއުލާނާ އެކު މައުލޫމާތު އާންމުކުރަމެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިއުލާނާއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
|
ތާރީޚް |
ގަޑި |
އަންދާސީ ހިސާބު ހުށަހެޅުން (ކައުންސިލްއިދާރާގެ ހޯލްގައި) |
26 އޮކްޓޯބަރ 2023 (ބްރާސްފަތި) |
11:00 |
މި މިމަސައްކަތް ކުރުމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް، އަދި ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 23 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން info@nilandhoo.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ.
04 ރަބީޢުލްއާޚިރު 1445