ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ތަރުޖަމާނުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

މިކޯޓުން ބަލަމުންދާ ބައެއް މައްސަލަތަކާއި ގުޅިގެން ތިރީގައި މިވާ ބަސްބަހުގެ ތަރުޖަމާނު ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް ހުށަހެޅުއްވުން އެދެމެވެ.

ބޭނުންވާ ޢަދަދު:

02 (ދޭއް)

ކޯޓު/އިދާރާ:

މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ މެޖިސްޓްރޭޓް ކޯޓް

އެލަވަންސް:

ކޯޓަށް ހާޒިރުވި ގަޑިން ފެށިގެން 01 (އެކެއް) ގަޑިއިރަށް -/400$ (ހަތަރުސަތޭކަ) ރުފިޔާ، އަދި އެއްގަޑިއިރަށްވުރެ އިތުރުވާނަމަ، -/400$ (ހަތަރުސަތޭކަ) ރުފިޔާގެ ރޭޓުން، މިނެޓަކަށް ޖެހޭ މިންވަރު.

ތަރުޖަމާކުރަން ޖެހޭ ބަސް:

ބަންގާޅު ބަސް، އިނގިރޭސި ބަސް، ހިންދީ ބަސް، މަޅިޔާޅަމް ބަސް، ސައިން ލޭންގުއޭޖް

މަޤާމުގެ ޝަރުތު:

އިސްވެ ބަޔާންކުރެވުނު ބަސްބަހުން ދައްކާ ވާހަކަތައް ދިވެހި ބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކޮށްދިނުމާއި، އަދި ދިވެހި ބަހުން ދައްކާ ވާހަކަ އެ ބަސްބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކުރުމުގެ ޤާބިލުކަން ހުރުން.

ހުށަހަޅަންޖެހޭ ތަކެތި:

- ތަރުޖަމާނުންގެ ދަފުތަރުގައި ބައިވެރިވުމަށްއެދޭ ފޯމް

- އައިޑީކާޑް / ޕާސްޕޯޓްގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

- ވަނަވަރު (ސީވީ)

ސުންގަޑި:

26 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

- މިކަމަށް އެދޭ ފަރާތްތަކުން މިކޯޓުގެ ތަރުޖަމާނުންގެ ދަފުތަރުގައި ރަޖިސްޓްރީ ވުމަށްޓަކައި، ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅަންޖެހޭ ތަކެތި މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

- މިކަމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަރުޖަމާނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް، މިކޯޓުގެ ވެބްސައިޓް  https://sh-milandhoo.court.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

- ފޯމު ހުށަހަޅާނީ މިކޯޓުގެ ރިސެޕްޝަނަށެވެ. ނުވަތަ އޮންލައިންކޮށް ހުށަހަޅުއްވާނަމަ މިކޯޓުގެ މެއިލް [email protected] އަށް ނުވަތަ މިކޯޓުގެ ވައިބާ ނަންބަރު 9315800 އަށް ވައިބާ ކުރެއްވުން އެދެމެވެ.

- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6540739 / 6540642 އަށް ގުޅުއްވުން އެދެމެވެ.

19 އޮކްޓޫބަރު 2023
ހޯދާ