ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
ރަށުޕިކަޕް އެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

ރަށުޕިކަޕް އެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ޅައިމަގު ސްކޫލަށް ރަށު ޕިކަޕްއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މެއިލް މެދުވެރި ކޮށްވެސް ކޯޓޭޝަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް މެއިލް ފޮނުއްވުން އެދެމެވެ. ކޯޓޭޝަން އާއިއެކު އަގުހުށައަޅާ ރަށު ޕިކަޕްގެ މައުލޫމާތު ހިމެނެނެންވާނެއެވެ. އަދި ރަށުޕިކަޕް ރަށާއި ހަމައަށް ފޯރުކޮށްދޭނެ މުއްދަތު ހިމެނިފައި އޮންނަންވާނެއެވެ.  

ކޯޓޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2023 އޮކްޓޯބަރ 26ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ.

މަޢުލޫމާތު ހޯއްދެވުމަށް 7835161 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.

19 އޮކްޓޫބަރު 2023
ހޯދާ