ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ޕްރޮޖެކްޓް އެސޯސިއޭޓް ފޯރ އެން.ޑީ.އެމް.އޭ (ލޯކަލް)
]MV-MONPI-381241-CS-INDV ރިފަރެންސް ނަން ބަރު: ]
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން އިން ކުރިއަށް ގެންދާ " މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް" މަޝްރޫޢުއަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ލޯނާއި ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން އެން.ޑީ.އެމް.އޭއަށް ޕްރޮޖެކްޓް އެސޯސިއޭޓްއެއް ހޯދުމަށް ބޭނުންވެއެވެ.
ކޮންސަލްޓެންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިޕްރޮޖެކްޓްގެ ސަބްކޮމްޕޯންނަންޓްގައި ހިމެނޭ މަސައްކަތްތައް ކުރުމާއި އެން.ޑީ.އެމް.އޭގެ މެނޭޖްމަންޓް އިން ހަވާލުކުރާ މަސައްކަތްތައް ކުރުން ހިމެނެއެވެ. ކޮންސަލްޓެންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
i. މަދުވެގެން އަންޑަރ ގްރެޖުއޭޓް ޑިގްރީއެއް ބިޒްނަސް، ޕްރޮޖްކްޓް މެނޭޖްމަންޓް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ހާސިލްކޮށްފައިވާންވާނެއެވެ.
ii. މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ފަންނީ ތަޖުރިބާ ލިބިފައިވުމާއި، 3 އަހަރު ދުވަހު މަސައްކަތާއި ގުޅުންހުރި މަސައްކަތުގެތަޖުރިބާ ލިވިފައިވުން.
iii. ޑޯނަރ ފަންޑަޑް ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
iv. ކޮމްޕިއުޓަރ އެއިޑެޑް ޑިޒައިން ސޮފްޓްވެއަރއަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
v. އިނގިރޭސި ބަހާއި އަދި ދިވެހި ބަހުން ފަރިތަކަމާއިއެކު ލިޔަން ކިޔަން އެނގުން.
vi. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި ގަވާއިދުން ޕްރޮޖެކްޓް ސައިޓްތަކަށް ދަތުރުކުރެވޭނެ ފަރާތަކަށްވުން
vii. ނަޒާހަތްތެރިކަމާއި އެކު މަސައްކަތް ކުރާ ފަރާތަކަށްވުން
viii. ޝޯޓްލިސް ކުރެވޭ ފަރާތްތަކުގެ ޤާބިލުކަން ސާބިތުކޮށްދިނުމަށް އިންޓަރވިއުކުރެވޭނެއެވެ.
މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބިނާކޮށް މުސާރައިގެ ގޮތުގައި 17،550.00 ރުފިޔާއާއި 20،160.00 ރުފިޔާއާއި ދެމެދުގެ ޢުޖޫރައެއް ދެވޭނެއެވެ.
މިމަސައްކަތްކަތުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. އަދި މީގެ ތެރެއިން 3 މަސްދުވަސް ޕްރޮބޭޝަންގެ ގޮތުގައި ހިމެނެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.
ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 6 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ
އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]