މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަފުލާ އިންތިޒާމު ކުރާނެ ފަރާތެއް ހޯދުމަށް

ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަފުލާ އިންތިޒާމު ކުރާނެ ފަރާތެއް ހޯދުމާ ގުޅޭ

ކޮންމެ އަހަރެއްގެ މާރިޗު 22 ވަނަ ދުވަހަކީ ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިއަހަރުގެ ފެނުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގޮތުން ފެނުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ޙަފުލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޙަފުލާ އިންތިޒާމުކޮށް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ، ފަރާތްތަކުން 09 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 11:30 ގައި މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 މާރިޗު 2015 ވާ ބުދަ ދުވަހުގެ 11:30 އަށް މިމިނިސްޓްރީގެ ތިރީގައިވާ އެޑްރެހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންނަވާ ބޭފުޅުންނަށް ފިޔަވައި، އިތުރު ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޭރުވޭނެ ވާހަކަ ދަންނަވަމެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ފޯން: 3018300

ފެކްސް: 3018301

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

01 މާރިޗު 2015
ހޯދާ