ދިވެހިރާއްޖެ
ކެނދިހިޔާ (ގެސްޓްހައުސް) ސާފްކޮށް ބެލެހެއްޓުމަށް 2023 ސެޕްޓެމްބަރ 17 ވަނަދުވަހު ކުރެވިފައިވާ އިޢުލާން ނަންބަރ:(IUL)286-MP/286/2023/95 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މިއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
މިކައުންސިލްއިން ހިންގަމުންދާ ކެނދިހިޔާ ގެސްޓްހައުސް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މައިގަނޑު މަސައްކަތް: |
1- ކެނދިކުޅުދޫ ކައުންސިލްގެ " ކެނދި ހިޔާ " ގެސްޓްހައުސް ކައުންސިލުން ކަނޑައަޅާ އުޞޫލާއި އެއްގޮތަށް ހުޅުވާ ލެއްޕުން. 2- ގެސްޓްހައުސް ހިންގާ ބިމުގެ ސަރަހައްދު ސާފްތާހިރުކޮށް ބެލެހެއްޓުން. 3- ގެސްޓްހައުސް އިމާރާތުގައި ހުރި އުފުލޭ އަދި ނުއުފުލޭ މުދާ ރައްކާތެރިކޮށް ބެލެހެއްޓުން. 4- ގެސްޓްހައުސް ޢިމާރާތުގެ އެތެރެ ފާރުތަކާއި، ކޮޓަރިތަކާއި، ފާޚާނާތަކާއި، އެނޫންވެސް ހުރިހާ ތަކެއްޗެއް ފޮޅާ ސާފްކޮށް ބެލެހެއްޓުން. 5- ގެސްޓްހައުސްއަށް ޒިޔާރަތްކުރާ މެޙްމާނުންނަށް މެޙްމާނުދާރީ އަދާކުރުމާއި، އެނދުތަންމަތި އަޅާދިނުމާއި، އެފަރާތްތަކުން އެދޭ ކަންކަމުގައި ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުން. 6- ގެސްޓްހައުސްގައި ބޭނުންކޮށްފައިހުނަން ލިނަންގެ ބާވަތްތައް ދޮވެ އިސްތިރި ކުރުން. 7- ގެސްޓްހައުސްއިން ކޮޓަރި ކުއްޔަށް ދޫކުރުމަށް ކަނޑައަޅަފައި އޮންނަ އުޞޫލުގެ މަތިން ކޮޓަރި ދޫކޮށް މެޙްމާނުން ފުރުމުން ކޮޓަރި ހުސްކުރުމާއި، ސާފްކުރުމުގެ ކަންކަން ބެލެހެއްޓުން. 8- ގެސްޓްހައުސް ދުވަހުން ދުވަހަށް ހިންގުމަށް ބޭނުންވާ ތަކެތި ހުސްވުމުގެ ކުރިން އެތަކެތި ހޯދުމަށް ސުޕަވައިޒަރަށް އަންގާ ރިޕޯޓް ކުރުން 9- ގެސްޓްހައުސްއަށް ބޭނުންވާ މަރާމާތު ތަކުގެ މަޢުލޫމާތު ބެލެހެއްޓުމާއި، ހަލާކުވާ ތަކެތި އުކާލުމާއި، އެތަކެތި އަލުން ހޯދުމަށް ސްޕަވައިޒަރަށް ރިޕޯޓް ކުރުން. 10- ގެސްޓްހައުސްގައި ދިވެހިރާއްޖެގައި އެއިރަކު ހެދިފައިހުރި ޤާނޫންތަކާއި ޤަވާއިދު ތަކާއި ޚިލާފް އެއްވެސް ޢަމަލެއް ނުހިނގާކަން ކަސަވަރު ކުރުމާއި، އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ ކައުންސިލާއި، ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓްކޮށް މައްސަލަ ހުށަހެޅުން.
|
ޕްރޮޕޯސަލް ހުށަހެޅުން |
އީމެއިލް މެދުވެރިކޮށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. މިގޮތުން ފޮނުވާ އީމެއިލް ތަކުގެ ސަބްޖެކްޓްގައި އިޢުލާނު ނަންބަރު ޖެހިފައި ހުންނަންވާނެއެވެ. މެއިލް ކުރާނީ [email protected] އަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލް އަދި އީމެއިލްވެސް ބަލައެއް ނުގަނެވޭނެއެވެ. |
މާކްސް ދިނުން |
|
އިތުރު މަޢުލޫމާތު: |
- ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި) އީމެއިލް: [email protected] |
ޕްރޮޕޯސަލް ހުށައެޅުން: |
ސުންގަޑިތައް: 30 އޮކްޓޫބަރ 2023 ، 13:00 (ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް) |
މިކައުންސިލުން ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 30 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ 13:00 އަށް އަގު ބަޔާންކޮށް ޕްރޮޕޯސަލް އާއި ބީލަން ހުށަހަޅާ ފޯރމް އަދި އައިޑީކާޑު ކޮޕީ ހުށައެޅުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
18 އޮކްޓޫބަރ 2023