ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕާކްތެރޭގައި ހުރި ރުއްތައް ކުއްޔަށް ދޫކުރުމާއިގުޅޭ

މިރަށުގެ ޕާކް ތެރޭގައި ހުރި 2 ރުއް އެންމެ ރަނގަޅު އަގެއް ހުށައަޅާ ފަރާތަކަށް 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔައް ދިނުމަށް ކުރެވުނު ނަންބަރު (IUL)375/375/2023/39 އިޢްލާނު ބާޠިލްކޮށް އަލުން އެދެރުއް ކުއްޔަށް ނަންގަވަން ބޭނުންވާ ފަރާތްތަކުން ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި ބަޔާންކޮށްފައިވާ ތާރީޙްގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ރުއްތަކަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ ރުކަކަށް 35 (ތިރީސް ފަހެއް) ރުފިޔާއެވެ.

 

އަންދާސީ ހިސާބު ހުށައެޅުމާއި ބިޑް ކެޑުން

26 އޮކްޓޯބަރ 2023ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އިދާރާގެ ކޮންފެރެންސް ރޫމްގައި.

 

              މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރ 6760042އަށް ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ދުރުވުމުން މައުލޫމާތު ދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

               އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ އަންސާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

18 އޮކްޓޫބަރު 2023
ހޯދާ