އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަ ތަކެތީގައި އއ.ފެރިދޫ ކައުންސިލްގެ ގޮތުގައި ކުރިން ބޭނުންކުރި އިމާރާތުގެ އިރުމަތީބައި ކުރަންހުރި މަރާމާތުތައް ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 ނަންބަރ: A/IUL/344/2023/94

   އިޢުލާން

 

   އަމިއްލަ ތަކެތީގައި އއ.ފެރިދޫ ކައުންސިލްގެ ގޮތުގައި ކުރިން ބޭނުންކުރި އިމާރާތުގެ އިރުމަތީބައި ކުރަންހުރި މަރާމާތުތައް ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2023 އޮކްޓޫބަރ 18 ވާ ބުދަ ދުވަހުން ފެށިގެން 2023 އޮކްޓޫބަރ 26 ވާ ބުރާސްފަތި ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓާއި، އަމިއްލަ ފަރުދަކު ނަމަ އައި.ޑީ ކާޑު ކޮޕީ، ކުންފުންޏަކުން ނަމަ ރަޖިސްޓްރީގެ ކޮޕީ، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ގުޅިގެން ރަޖިސްޓަރވީ ފަރާތްތަކަށް އިތުރު މައުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުމެއް 2023 އޮކްޓޫބަރ 29 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އއ.ފެރިދޫ ކައުންސިލްގެ ގޮތުގައި ކުރިން ބޭނުންކުރި އިމާރާތުގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 ނޮވެމްބަރ 02 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

 މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2023 އޮކްޓޫބަރ 31 ވާ އަންގާރަ ދުވަހު މެންދުރުފަހު 12:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

17 އޮކްޓޫބަރު 2023
ހޯދާ