ދިވެހިރާއްޖެ
އިޢުލާން
އަތޮޅުކައުންސިލުން ބާއްވާ މުބާރާތް ތަކުގެ ވަނަ ތަކަށް އިނާމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
މާލެއަތޮޅުގެ ސްކޫލުކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖައްސާ ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް، ޤުރުއާނުގެ ފަންނު ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކޮންމެ އަހަރަކު މިއިދާރާއިން އިންތިޒާމްކޮށްގެން ބާއްވަމުން ގެންދާ އަތޮޅު ޤުރުއާން މުބާރާތް، 2023 ނޮވެމްބަރ 1 ން 4 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަތޮޅުގެ ރަށްރަށުގައި ވޮލީބޯޅަ އާލާކޮށް ދިރުވައި ވޮލީ ކުޅޭ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ މަގްސަދުގައި މިއިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ އަތޮޅު ވޮލީ މުބާރާތް، 2023 ނޮވެމްބަރ 22 ން ޑިސެމްބަރ 3 އަށް ތުލުސްދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދެމުބާރާތުގެ އެކިއެކި ވަނަތަކަށް އިނާމު ހުށަހެޅުމުގެ ފުރުސަތުވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. މުބާރާތްތަކުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކުގެ ލިސްޓް މި އިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާނެއެވެ.
ވީމާ، މި މުބާރާތްތަކުގެ އެކި އެކި ވަނަތަކަށް އިނާމު ހުށަހެޅުމަށް ޝަޢުޤުވެރިވެ ލައްވާފަރާތްތަކުން 2023 އޮކްޓޫބަރ 25 ގެ ކުރިން ނަންބަރު 6644234 ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.