ދިވެހިރާއްޖެ
އިޢުލާނު
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ކޮމިޝަނުން ދީފައިވާ ސްޕްސިފިކޭޝަނާ އެއްގޮތަށް ގ. ބިއްލޫރިޖެހިގެ މަރާމާތުކޮށް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި އިޢުލާނާ އެކުގައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތްވާ ގޮތުގެ މަތިން މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ކޮމިޝަނަށް ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނެ ގަޑިއާއި ތާރީޚާއި ތަން:
ގަޑި: 10:00 (ހެނދުނު)
ތާރީޚު: 22 އޮކްޓޫބަރު 2023 (އާދިއްތަ ދުވަސް)
ތަން: އެންޓި-ކޮރަޕްޝަން ކޮމިޝަން (މ.ފިނިފަރު – 7 ވަނަ ފަންގިފިލާ، މަޖީދީމަގު، މާލެ)
ބީލަން ބަލައިގަތުމާއި ހުޅުވުމުގެ ބައްދަލުވުން އޮންނާނެ ގަޑިއާއި ތާރީޚާއި ތަން:
ގަޑި: 10:00 (ހެނދުނު)
ތާރީޚު: 29 އޮކްޓޫބަރު 2023 (އާދީއްތަ ދުވަސް)
ތަން: އެންޓި-ކޮރަޕްޝަން ކޮމިޝަން (މ.ފިނިފަރު – 7 ވަނަ ފަންގިފިލާ، މަޖީދީމަގު، މާލެ)
މި ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާހާއި ތަކެތީގެ ތަފްޞީލު މި އިޢުލާނާ އެކު އެއްހީރާސްކޮށްފައި ވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ 2023 އޮކްޓޫބަރު 22 ވަނަ ދުވަހުގެ މަޢުލޫމާތު ޝެޝަނުގައި ދޭ މަޢުލޫމާތާއި މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށެވެ.
02 ރަބީޢުލްއާޙިރު 1445
17 އޮކްޓޫބަރު 2023