ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2015 ވަނަ އަހަރުގެ އެޕްރީލް ގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން
އިޢުލާން
2015 ވަނަ އަހަރުގެ އެޕްރީލް ގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން:
2015 ވަނަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2015 މާރިޗު 08 އިން ފެށިގެން 2015 މާރިޗު 26 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓު މިޑިޕާޓްމަންޓުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.
ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8300 ން 1430 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.
10 ޖުމާދަލްއޫލާ 1436
01 މާރިޗު 2015
ހޯދާ