Maldives
ހދ.މަކުނުދޫ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން 2023 ނޮވެމްބަރ 23 އިން 2023 ނޮވެމްބަރ 25 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ "ތިލަދުންމަދީ ދެކުނުބުރީ ކައުންސިލް ޤުރުއާން މުބާރާތް 1445" އަކަށް ފަޑިޔާރުކަން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ފަނޑިޔާރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލަމެވެ.
މުބާރާތް އޮންނަ ތާރީޚް |
2023 ނޮވެމްބަރ 23 އިން 2023 ނޮވެމްބަރ 25 އަށް |
ބޭނުންވާ އަދަދު |
3 (ތިނެއް) |
އެލަވަންސް |
-/1200ރ (ބާރަ ސަތޭކަ ރުފިޔާ) ދުވާލަކަށް ހަމަޖައްސައި ދެވޭނެއެވެ. |
އިތުރު އިނާޔަތްތައް |
ދަތުރު ހަރަދާއި ހުރުމާއި ކެއުން ހަމަޖައްސައި ދެވޭނެއެވެ. |
ޝަރުތު |
1. ދަށްވެގެން ޤުރުއާން މުދައްރިސް ކަމުގެ ފުރަތަމަ ޑިގްރީ ނުވަތަ ޑިޕްލޮމާ ހާޞިލްކޮށްފައިވުން 2. މުބާރާތުގައި ބައިވެރިވާ ސްކޫލް މަދަރުސާ، ޤުރްއާން ކިލާސްތައް އަދި ޔުނިވަރސިޓީ، ކޮލެޖުގެ އެއްވެސް މުއައްޒަފަކަށް އަދި މުބާރާތުގައި ކިޔަވާ އެއްވެސް ދަރިވަރެއްގެ މައިންބަފައިން އަދި ގާތްތިމާގެ މީހެއް (މަހުރަމް) ކަމުގައި ނުވުން.
|
ހުށައަޅަންޖެހޭ ލިޔުންތައް |
1. ފަނޑިޔާރުކަމަށް އެދި ސިޓީ ހުށައެޅުން 2. ފަނޑިޔާރުކަމަށް އެދޭ ފަރާތުގެ ވަނަވަރު 3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ 4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 5.އިއުލާން ކުރެވިފައިވާ ދާއިރާއާއި ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ |
ފަޑިޔާރުކަމަށް އެދެންވީގޮތް |
ފަނޑިޔާރު ކަމަށް ހުށައަޅާ ލިޔުންތަކާއެކު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. |
ސުންގަޑި |
24 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 00.00 ގެ ކުރިން |
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.