އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު:

                                                    ނަންބަރު: (IUL)345-MS/345/2023/58

  

އިޢުލާން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު:

 

އޮޓޯގިޔަރ ޕަވަރގޭޓް ޕިކަޕެއް ހޯދުން

އއ.މާޅޮހު ކައުންސިލްގެ އިދާރާއަށް 2 ޓަނުގެ އޮޓޯގިޔަރ ޕަވަރގޭޓް ޕިކަޕެއް ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

  1. މި މަސައްކަތަށް ބިޑް ހުށަހެޅޭނީ ބިޑް ރަޖިސްޓަރީކުރާ ފަރާތްތަކަށެވެ.
  2. މި މަސައްކަތައް އަންދާސީ ހިސާބު ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
  3. އަގުހުށަހަޅަންވާނީ މަޢުލޫމާތު ޝީޓުގައިވާ ގޮތަށް، އަންދާސީ ހިސާބް ހުށަހަޅާ ފޯމުގައިވާ ގޮތަށެވެ.
  4. މިމަސައްކަތް ހަވާލުކުރުމުގައި ސަރަހައްދުގެ ބީލަންވެރިންނަށް އިސްކަންދިނުމުގެ ޢުޞޫލަށް ޢަމަލުކުރެވޭނެއެވެ. (މާލިއްޔަތު ޤަވާއިދުގެ 10.77ވަނަ މާއްދާ)
  5.  މިމަސއްކަތާ ގުޅޭ އެންމެހާ މަޢުލޫމާތު ސާފުކުރުމަކީ އަންދާސީ ހިސާބު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  6. މި ބީލަމާ ގުޅޭ މަޢޫލޫމަތު ކަރުދާސް އިއުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  7. މި ބީލަމާގުޅޭ ޕްރީބިޑް ބައްދަލުވުމެއް ނޯންނާނެއެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 29 އޮކްޓޫބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓްރީ  ކުރަންވާނެއެވެ. އަދި ބިޑް ރަޖިސްޓްރީކުރާ ފޯމް ފުރިހަމަކޮށް، ހުށަހެޅުމަށްފަހު ރަޖިސްޓަރީވިކަމުގެ ލިޔުން ހޯދަންވާނެއެވެ. ފޯމް [email protected]  އަށް މެއިލް ކުރެއްވުން ނުވަތަ މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ކަރުދާސް (ސޮފްޓް ކޮޕީ) ބީލަން ރަޖިސްޓްރީކުރާ ފަރާތުގެ އީމެއިލް އެޑްރެހަށް ފޮނުވައިދެވޭނެއެވެ. ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

 

 

 

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ މިއަދުން ފެށިގެން 30 އޮކްޓޫބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

[email protected]  

 

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 31 އޮކްޓޫބަރ 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ. ބަދަލުގައި ފޮނުވާނަމަ ޕަވަރ އޮފް އެޓަރނިޓީ ހުށަހަޅަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅާނީ، މަޢުލޫމާތު ޝީޓާ އެޓޭޗްކުރެވިފައިވާ އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ ތަކެއްޗާއެކުގައެވެ. އަގުހުށަހަޅާ ފޯމާއި ފުރިހަމަނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.                   

16 އޮކްޓޫބަރު 2023
ހޯދާ