ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
ރަށުތެރޭގެ ސާފުޠާޙިރުކަން ދެމެހެއްޓުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ ސަރަޙައްދުތަކެއް، ކުނިކަހާ ސާފުކުރާނެ ވަގުތީ ސްޓާފުން ބޭނުންވެއްޖެއެވެ.
މަޤާމް |
ސަޕޯރޓް ސްޓާފް ވަގުތީ (ރަށުތެރެކުނިކަހާ) |
ބޭނުންވާ އަދަދު |
3 (ތިނެއް) |
މަޤާމުގެ ގިންތި |
ވަގުތީ (ވޭޖް އެމްޕްލޯއިމަންޓް) |
މަޤާމުގެ މުއްދަތު / މަސައްކަތް ކުރަންޖެހޭ ވަގުތު |
އެގްރީމެންޓްގައި ސޮއި ކުރާ ދުވަހުން ފެށިގެން 06 މަސް ދުވަސް ހަފްތާއަކު 5 ދުވަހު، ދުވާލަކު 8 ގަޑިއިރު |
ސެކްޝަން |
އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސާރވިސަސް |
މަޤާމް އޮތް އޮފީސް |
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ރަށުގެ ސަރަހައްދުތަށް. |
އުޖޫރަ |
ގަޑިއިރަކަށް 31.25(އެއްތިރީސް ރުފިޔާ ފަންސަވީސް ލާރި) މަހަކަށް 5500.00ރ (ފަސްހާސް ފަސްސަތޭކަ ރުފިޔާ) ކައުންސިލުން އަންގާ އިތުރު ދުވަސް ތަކުގައި މަސައްކަތަށް ނިކުންނަނަމަ މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް ގަޑީލާރި ލިބޭނެއެވެ. |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
1. ކައުންސިލުން ކަނޑައަޅާފައިވާ ރަށުގެ އެކިއެކި ސަރަހައްދުތައް ކުނިކަހާ، ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން. 2. ޙާއްސަ ދުވަސްތަކުގައި ކައުންސިލުން އަންގާ އުސޫލެއްގެ މަތިން މަސައްކަތަށް ނިކުތުން. |
މަގާމުގެ ޝަރުތުތައް: |
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ކ.ހުރާ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް info@[email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 25 އޮކްޓޯބަރ 2023 އާއި 29 އޮކްޓޯބަރ 2023 އާ ދެމެދު މާލެ އަތޮޅު ހުރާ ކައުންސިލް އިދާރާގައެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ އިންސައްތަ |
މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %25 (ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640074 ނަންބަރަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |