މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މަޑުއްވަރީން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރުން

މ.މަޑުއްވަރީ ކައުންސިލްގެ އިދާރާގެ ނަންބަރު (IUL)369-AS/369/2022/19 ( 18 އޭޕްރީލް 2022 ) އިޢުލާނާއި ގުޅިގެން ، މުލަކަތޮޅު މަޑުއްވަރީން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ކޮމެޓީން ޕޮއިންޓް ދީ ގޯތި ލިބޭ ފަރާތްތަށް ކަނޑައަޅާފައިވާތީ ، ( ވަގުތީ ލިސްޓް އާންމުކުރެވި ، ޝަކުވާއެއް ލިބިފައިނުވާތީއާއެކު ) މި އިޢުލާނާއެކު މ.މަޑުއްވަރިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރީމެވެ.

އިސްވެ ދެންނެވުނު ލިސްޓްގައި ހިމެނޭ ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުނެގުން 30 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ 20:30 ގައި މ.މަޑުއްވަރީ ކައުންސިލް އިދާރާގެ ދަސްވަނި މާލަމުގައި އޮންނާނެއެވެ.    

ވީމާ ، މ.މަޑުއްވަރިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ލިސްޓްގައިވާ ފަރާތްތަކުން ގުރުނެގުމަށްޓަކައި ހާޟިރުވުމަށް ދަންނަވަމެވެ. އަދި ޙާޟިރުވެވެން ނެތް ފަރާތްތަކުން ބަދަލުގައި ފަރާތެއް ފޮނުއްވާނަމަ ، ވެރިފަރާތުގެ ސިޓީއާއެކު ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.

16 އޮކްޓޫބަރު 2023
ހޯދާ