ދިވެހިރާއްޖެ
އިޢުލާން ނ.ހެނބަދޫ އާ ޤަބުރުސްތާނު 1 އަހަރު ދުވަހަށް ވިނަ ނޮޅައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ ހެނބަދޫ ކައުންސިލް އިދާރާގެ ނަންބަރު (IUL)285/285/2023/48 އާއި ގުޅިގެން ހެނބަދޫ އާ ޤަބުރުސްތާނު 1 އަހަރު ދުވަހަށް ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކުރަމެވެ. ވީމާ، މިކައުންސިލުން އެކުލަވާލާފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް، ރަށުގެ އާ ޤަބުރުސްތާނު ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހު13:00 އަށް މިއިދާރާއަށް ދުރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުވާނަމަ، އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިއިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. 30 ރަބީޢުލްއައްވަލް 1445 15 އޮކްޓޯބަރ 2023
|