ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހެވީވެހިކަލް ދުއްވުމުގެ ޢަމަލީ އިމްތިޙާން ދިނުމަށް އެގްޒަމިނަރެއް ހޯދުމަށް
އެއްގަމުގައި ދުއްވާ އިންޖީނުލީ ހެވީވެހިކަލް ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގްޒަމިނަރެއް ބޭނުންވެއްޖެއެވެ.
ބޭނުންވާ ޢަދަދު: 1 ( އެކެއް )
ޝަރުތު:
- ހެވީވެހިކަލް D, E, V, V1 ކެޓެގަރީ ދުއްވުމުގެ ލައިސަންސް އޮތް މީހަކު ކަމުގައިވުން
- މި އިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން
- ފާއިތުވި ތިން އަހަރު ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.(3މަސް ހަމަނުވާ ޕޮލިސްރިޕޯޓް)
- ދެ (2) އަހަރު ވެފައިވާ ހެވީވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން
- ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.
އެގުޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް ދުއްވާ ކޮންމެ އުޅަނދަކަށް -/50ރ (ފަންސާސް) ރުފިޔާ ގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 29 އޮކްޓޫބަރު 2023 ވަނަ ދުވަހު 13:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
16 އޮކްޓޫބަރު 2023
ހޯދާ