ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
4(IUL)421/421/2023/4 |
ތާރީޚް |
01 ރަބީޢުލްޢާޚިރު 1445 |
|
16 އޮކްޓޯބަރ 2023 |
ރަށުގެ ބަނދަރު ސާފުކުރުމާއި ގުޅޭ
މިފަހަކަށްއައިސް ރަށުގެ އެކި އެކި މަސައްކަތްތައް ކުރުމަށް ގެންނަ ހިލަ އާއި ހިލަވެއްޔާއި ، ދަނގަޑާއި، ދޮންވެލި، ގާފަދަ އަދި މިނޫނަސް މުދާތައް ވަރަށް ގިނަ ދުވަސްވަންދެން ބަނދަރުމަތީގައި ބަހައްޓާކަން މިކައުންސިލަށް ވަނީ ފާހަނގަ ކުރެވިފައެވެ. އެގޮތުން ހިލަ އާއި ހިލަވެލި އަޅާފައި ހުންނަ ޖަމްބޯ ބޭގް ތަކާއި ގޯނިތައް ވީދި ބަނދަރަށް އެ އެއްޗެހިތައް ފެތުރި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ވަނީ އެތައް ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. މިކަމަކީ ރަށުގެ މަލަމަތީގެ ރީތިކަން ގެއްލި ދަތުރުވެރީންނަށްވެސް ދަތި ތަކާއި ކުރިމަތިވަމުންދާ ކަމެކެއެވެ.
ވީމާ މިއަދުން ފެށިގެން ކުރިއަށް އޮތް 15 ދުވަސްތެރޭ ބަނދަރުމަތީގައި ބަހައްޓާފައިހުރި އެބަޔެއްގެ މުދާތައް ނެންގެވުމަށް އަންގަމެވެ. އަދި މިމުއްދަތުގައި މުދާ ނުނަގައިފިނަމަ އެ މުދާތައް ކައުންސިލަށް ނެގޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. މިކަމުގެ ސަބަބުން މުދަލުގެ ވެރިފަރާތަށް ލިބޭ ގެއްލުންތަކަށް ކައުންސިލުން ޒިންމާ ނުނަގާނެ ވާހަކަ ދަންނަވަމެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް