މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ މުވައްޒަފުންގެ ވޯރކް ސްޓޭޝަން ބަދަލުކޮށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

 މި މިނިސްޓްރީގެ މުވައްޒަފުންގެ ވޯރކް ސްޓޭޝަން ބަދަލުކޮށް މަރާމާތު ކުރުމަށް ކުރެވުނު ނަންބަރު (IUL)30-C/30/2023/194 އިޢުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުތަކުގެ އަގުތަކުގައި ފަރަގުބޮޑުވުމުން އެ އިޢުލާން ބާޠިލްކޮށް މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި މަސައްކަތަށް އަގުހުށަހަޅުއްވާއިރު މި އިޢުލާނާ އެކުގައިވާ ބީ.އޯ.ކިއު، އަދި މަޢުލޫމާތު ކަރުދާހާއެއްގޮތަށް އަގު ހުށަހެޅުމަށް ސަމާލުކަން ދެންވުމަށް ދަންނަވަމެވެ. މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

22 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހު 11:00 އަށް

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ)

އަންދާސީ ހިސާބު ހުށަހެޅުން

26 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހު 11:00 އަށް

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ)

 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބީލަން ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339282, 3339283 އަދި 3339239 ނަންބަރު ފޯނަށެވެ.

16 އޮކްޓޫބަރު 2023
ހޯދާ