މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިމެއް ކުއްޔަށް ދިނުމަށް

ބިމެއް ކުއްޔަށް ދިނުމާބެހޭ

މިރަށުގެ ސިނާއީ ސަރަޙައްދުގައި، ކުރިން އެހެން ފަރާތަކަށް ކުއްޔަށްދީ، ވަކިކުރެވިފައިވާ 10357 އަކަފޫޓުގެ ބިމެއް ( އައުޓްލައިން ޗާޓުގައި ފާހަގަ ކުރެވިފައިވާ ) ވިޔަފާރި އުސޫލުން ކުއްޔަށް ދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިބިން ވިޔަފާރި އުސޫލުން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތްތަތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް "ކުލީބިމަށް އެދޭ ފޯމު" މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

މުއްދަތު

ގަޑި

ތަން

ކުލީބިމަށް އެދޭ ފޯމު ވިއްކުން (ކުލީބިމަށް އެދޭ ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ -/500 ރުފިޔާއަށް)

5 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުން ފެށިގެން 12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ން ފެށިގެން 12:00 އަށް

ހިންމަފުށީ ކައުންސިލްގެ އިދާރާ  

ބީލަން ހުށަހެޅުން ( ކުލީބިމަށް އެދޭ ފޯމު ހުށަހެޅުން )

16 މާރިޗު 2015 ވާ ހޯމަ ދުވަސް

12:00 އަށް

ހިންމަފުށީ ކައުންސިލްގެ އިދާރާ

ފޯމު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ފޯމުތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

5 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015
ހޯދާ