ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހެލްތް އިންޝުއަރެންސްގެ ޚިދުމަތް ދެއްވާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ މުވައްޒަފުންނަށް އެއްއަހަރު ދުވަހުގެ މުއްދަތަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 10 މާރިޗު 2015 (އަންގާރަ) ދުވަހުގެ 11:30 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

އަގަށް: 90 ޕޮއިންޓް   

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 90x

ތަޖުރިބާ: 10 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

  • ހުށަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • މިމަސައްކަތަށް ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު: H-2014/49

ބިޑް ހުޅުވުން:

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 16 މާރިޗު 2015 ވާ (ހޯމަ) ދުވަހުގެ 11:30 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 16 މާރިޗު 2015 ވާ (ހޯމަ) ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338124 / 3338122 ނަންބަރު ފޯނާއެވެ.
  • އީމެއިލް ކުރައްވާނީ [email protected].

               14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015
ހޯދާ