ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޔަމަހާ ފޯސްޓަކް 200 ހޯސްޕަވަރ އައުޓް ބޯޑް 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް

ޔަމަހާ ފޯސްޓަކް 200 ހޯސްޕަވަރ އައުޓް ބޯޑް 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް

މި އިދާރާގެ ކަފެނާ ލޯންޗުގައި ބޭނުންކުރި ޔަމަހާ ފޯސްޓަކް 200 ހޯސްޕަވަރ އައުޓްބޯޑް 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. އަދި ނީލަން ފެށިގެން ކުރިއަށްދާނީ 05 މާރިޗު 2015 ވަނަ ދުވަހުން ފެށިގެން 15 މާރިޗު 2015 ވާ އާދީއްތަ ދުވަހާ ހަމަޔަށެވެ.

ވީމާ، މި 2 އިންޖީނު ގަތުމަށް ބޭނުންވާ ފަރާތްތަކުން 05 މާރިޗު 2015 ވާ އާދީއްތަ ދުވަހުން ފެށިގެން މި އިދާރާއަށް ސިޓީއަކުން އަގު ހުށަހަޅަމުން ގެންދިއުން އެދެމެވެ. ހުށަހެޅިފައިވާ އެންމެ މަތީއަގު މި އިދާރާގެ ނޯޓިސްބޯޑުގައި ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 ގެ ފަހުން ފެންނަން ހުންނާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ޖެހިޖެހިގެން ބަންދުނޫން 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ފެށޭ އަގަކީ އިންޖީނަކަށް -/80،000 (އަށްޑިހަ ހާސް) ރުފިޔާއެވެ. އަދި ނީލަމުގައި އިތުރުކުރެވޭނީ އިންޖީނަކަށް ފަހަރަކު -/1،800 (އަށާރަ ސަތޭކަ) ރުފިޔާއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6841032، 9991574، 7767908 ނަންބަރު ފޯނާއެވެ. މި އިދާރާގެ ފެކްސް ނަންބަރަކީ 6841001 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. މިތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން ފެށިގެން 15:00 އަށް އަތޮޅުކައުންސިލްގެ އިދާރާއަށް ވަޑައިގެންނެވުމުން ފެންނަގޮތަށް އިންތިޒާމުވަނީ ހަމަޖެހިފައެވެ.

އިންޖީނު މޮޑެލް ނަންބަރު: X1009266   200HP-F200AETX 

އިންޖީނު މޮޑެލް ނަންބަރު: X1009547   200HP-F200AETX

11 ޖުމާދަލްއޫލާ 1435

02 މާރިޗު 2015
ހޯދާ