މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްގަނޑާއި ބަންޑާރަ ރުއްގަނޑު ވަރުވާއަށް ދޫކުރުމަށް

ރައްޔިތުންގެ ރުއްގަނޑާއި ބަންޑާރަ ރުއްގަނޑު ވަރުވާއަށް ދޫކުރުމާ ގުޅޭ

ރައްޔިތުންގެ ރުއްގަނޑާއި ބަންޑާރަ ރުއްގަނޑު ވަރުވާއަށް ދޫކުރުމާ ގުޅޭގޮތުން މިއިދާރާއިން ކޮށްފައިވާ ނަންބަރު: IUL)305-ME305/305/2015/24) (ތާރީޚު:25 ފެބުރުވަރީ 2015) އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

ރ. މާކުރަތު ރައްޔިތުންގެ ރުއްގަނޑާއި ބަންޑާރަ ރުއްގަނޑު ވަރުވާ އުސޫލުން 3 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ރުއްތައް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލު ތިރީގައި މިވަނީއެވެ.

  • ރައްޔިތުންގެ ރުއްގަނޑަށް އެދި ހުށަހެޅޭނެ އެންމެދަށް އަގަކީ -/450 ރުފިޔާއެވެ.
  • ބަންޑާރަ ރުއްގަނޑަށް އެދި ހުށަހެޅޭނެ އެންމެދަށް އަގަކީ -/500 ރުފިޔާއެވެ.
  • ރުއްތައް ވަރުވާއަށް ނަންގަވާ ފަރާތްތަކުން ރުއްތައް ދިރުވާ އާލާކުރުމުގެ ގޮތުން ކޮންމެ އަހަރަކު 20 ރުއް އިންދާ ރޯކުރުމަށްފަހު ކައުންސިލްގެ އިދާރާއާ ހަވާލުކުރަންވާނެއެވެ. މިގޮތަށް ރުއް އިންދާނީ ކައުންސިލުން ކަނޑައަޅާ ދައްކާ ތަންތަނުގައެވެ. އަދި މިގޮތަށް އިންދާ ރުއްތައް ވަރުވާގެ މުއްދަތު ހަމަވަންދެން ބަލަހައްޓަންވާނެއެވެ.
  • ރުއްތައް ހަވާލު ކުރެވޭ ފަރާތްތަކުން ރުއްތަކަށް ގެއްލުން ނުވާ ގޮތުގެ މަތިން ރައިވެރިކަން ކުރުމަށްވެސް ރުއްތައް ބޭނުންކުރެވޭނެއެވެ.

މިކަމަށް އެދޭ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 10 މާރިޗު 2015ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 1:30 ގައި ރ. މާކުރަތު ކައުންސިލްގެ އިދާރާގެ މީޓިންގރޫމުގައެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެފަދަ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އަގު ހުށަހެޅުން އޮންނާނީ 15 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 1:30 ގައި ރ.މާކުރަތު ކައުންސިލްގެ އިދާރާގެ މީޓިންގރޫމުގައެވެ.

ރުއްތައް ވަރުވާއަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހަޅުއްވާނީ ދެ ރުއްގަނޑަށް ވަކިންނެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަގު ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ.

ރުއްތައް ވަރުވާއަށް ހަވާލު ކުރާނެ ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު

  • ހުށަހަޅާ އަގަށް: %85 (އެންމެ ބޮޑުއަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • ރުއްތައް ދިރުވާ އާލާކުރުމަށް ކުރާނެ މަސައްކަތްތަށް: (ރުއް އިންދުން، ސާފުކުރުން، ފެން ދިނުން، ގަސްކާނާ އެޅުމާއި ރުއްތައް ބެލެހެއްޓުމަށް ކުރާނެކަމަށް ބަޔާންކުރާ މިނޫން މަސައްކަތްތައްކަށް ބެލޭނެ)

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

13 ޖުމާދަލްއޫލާ 1436

04 މާރިޗު 2015
ހޯދާ