ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޑިރެކްޓަރ އަދި ސީނިއަރ ފައިނޭންސް އޮފިސަރގެ މަގާމުގެ މުއްދަތު އިތުރުކުރެވިފައި

މި ޓްރައިބިއުނަލުގެ ސީނިއަރ ފައިނޭންސް އޮފިސަރގެ މަގާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު: (IUL)200-A/200/2023/29 އިޢުލާނާއި ޑިރެކްޓަރެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)200-A/200/2023/30 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ، މިމަގާމުތަކަށް ކުރިމަތިލުމުގެ މުއްތަދު އިތުރު ކުރެވިފައިވާކަމުގައި ދަންނަވަމެވެ. ވީމާ، މި މަގާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އޮކްޓޯބަރު 2023 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ޓްރައިބިއުނަލުގެ އީމެއިލު ([email protected]  މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.

 

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

30 ރަބީޢުލްއައްވަލް 1445

15 އޮކްޓޯބަރު 2023

 

15 އޮކްޓޫބަރު 2023
ހޯދާ