ދިވެހިރާއްޖެ
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ދިއްފުށީ މަސްކަނޑާ އަށީގެ މަސައްކަތް ހަވާލުކުރާ ފަރާތް އާންމުކުރުން
މަސްމާރުކޭޓް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކ.ދިއްފުށީ މަސްކަނޑާ އަށި ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު: (IUL)332-MS/332/2023/99 އިޢުލާނާއި ގުޅިގެން ހުށަހެޅުނު ބިޑް ހުށަހަޅާފައިވަނީ 01 (އެއް) ފަރާތަކުންނެވެ. ހުށަހެޅިފައިވާ ބިޑްތައް، މާލިއްޔަތު ޤަވައިދުގައިވާ ގޮތުގެމަތިން އެކުލަވާލެވިފައިވާ އިވެލުއޭޝަން ކޮމިޓީއާއި ބިޑް ކޮމެޓީން ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު، މަސްކަނޑާ އަށީގެ މަސައްކަތް 3 އެސްއޭ އާއި ހަވާލުކުރުމަށް ހަމަޖެހިފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް-ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް-ސްޓިލް މުއްދަތު ތެރޭގައި،
- ބިޑު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
- މި ބީލަން، އެހެން ފަރާތަކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.
މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.
1. ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-
ކުންފުނީގެ ނަން:- |
3 އެސްއޭ |
ހުށަހަޅާފައިވާ އަގު:- |
202،340.00ރ (ދެލައްކަ ދެހާސް ތިންސަތޭކަ ސާޅީސް ރުފިޔާ) |
މުއްދަތު |
80 ދުވަސް |
ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 19 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ 14:00 އެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، ހުށަހަޅަންވާނެއެވެ.
އީ.މެއިލް : [email protected]
ފޯން ނަންބަރު :- 6640071
12 އޮކްޓޯބަރ 2023