އިޢުލާން
2023 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް ޗީފް އިންވިޖިލޭޓަރުން ހޯދުމަށް
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2023 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށްޓަކައި ޗީފްއިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ބޭނުންވެއެވެ.
ބޭނުންވާ ޢަދަދު:
|
6
|
މުސާރަ:
|
ކޮންމެ ސެޝަނަކަށް 400/- ރުފިޔާ
|
ޝަރުތު:
|
- ދިވެހި ރައްޔިތެއް ކަމުގައިވުން
- އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން
- ޖީސީއީ އޯލެވެލް ފެންވަރަށް އިނގިރޭސި ބަސް އެނގޭ މީހަކަށްވުން
- އިމްތިޙާނު ހިންގުމާއި ބެލެހެއްޓުމުގެ ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާ މީހަކަށްވުން
- އިމްތިޙާނުގެ މަސައްކަތް ފެށޭ ތާރީޚުން ފެށިގެން ނިމޭ ތާރީޚާ ހަމައަށް، އިމްތިޙާނު އޮންނަ ހުރިހާ ދުވަހެއްގެ ހުރިހާ ދަންފަޅިއަކަށް އައުމަށް ދަތިކަމެއް ނެތް މީހަކަށްވުން
- އެމީހަކު އިންވިޖިލޭޓު ކުރާ އިމްތިޙާނަށް ދަރިވަރުން ތައްޔާރުކޮށްދޭ ނުވަތަ އެ އިމްތިޙާނުގައި ބައިވެރިވާ ކުދިންނަށް ކިޔަވައިދޭ މީހަކަށް ނުވުން.
- އިންވިޖިލޭޓުކުރާ، (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން. އަދި އިންވިޖިލޭޓުކުރާ، (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓަކަށް ތިރީގައި ބަޔާންކުރާ މީހަކު ކަމުގައި ނުވުން.
- · ޗީފް އިންވިޖިލޭޓްކުރާ ފަރާތަކީ އެއަހަރެއްގެ އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑު އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައި ހުންނަ މީހެއް ނުވަތަ އިމްތިހާނަށް ދަރިވަރު ތައްޔާރުކޮށްދޭ މީހެއް ކަމުގައި ނުވުން.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- އިންވިޖިލޭޓަރުންގެ މަޤާމަށް އެދި ހުށަހަޅާފޯމް. (މި ފޯމް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކައުންޓަރުންނާއި ވެބްސައިޓް (www.ium.edu.mv) އިން ލިބެން ހުންނާނެއެވެ. އަދި ފޯމްދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށެވެ).
- އޮންލައިންކޮށް ހުށައަޅާފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ http://ium.to/chiefnvigilator2023sem2 އިން ނެވެ.
- ވަނަވަރު (ސީވީ).
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީ.
- ލިބިފައިވާ އެންމެމަތީ ތަޢުލީމް ސެޓްފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހި ކޮޕީ.
- އެކައުންޓް ނަންބަރު ވެރިފައިކުރާ ސްލިޕް.
|
ސުންގަޑި:
|
- ނޯޓް: އިޢުލާންގެ މުއްދަތުގެ ފަހުންވެސް އިންވިޖިލޭޓަރުންގެ ޢަދަދު ހަމަނުވާނަމަ، އިތުރަށް އެފުރުޞަތު ދެވޭނެ ވާހަކަ ދަންނަވަމެވެ.
- ފުރިހަމަކޮށްފައިވާ އިންވިޖިލޭޓަރުންގެ ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 9 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ކުރީން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެދެމެވެ.
- އިތުރު މައުލޫމާތު ސާފުކުރުމަށް 3022125 / 3022174 / 3022173 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
|
އިމްތިޙާނު އޮންނަ މުއްދަތާ ވަގުތު:
|
- އިމްތިޙާނު އޮންނާނީ 10 ޑިސެމްބަރ 2023 އިން 23 ޑިސެމްބަރ 2023 ގެ ހެނދުނު 09:00-12:00 އަދި މެންދުރު 14:00-17:00 އަށެވެ
|