ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1- މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ބޭނުމަށް ތިރީގައިވާ ތާވަލުގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މަސައްކަތް |
ޕްރޮޖެކްޓް ނަންބަރު |
ބިޑް ސެކިޔުރިޓީ އަދަދު |
1- ހުޅުމާލޭގެ ސްޕޯޓްސް އޭރިޔާ ތަރައްޤީކުރުން |
TES/2015/W-49 |
-/15,000 ރުފިޔާ |
2- ލ.ފޮނަދޫގައި ސްޕޯޓްސް އެރީނާ އިންޑޯ ކޮމްޕްލެކްސް ޤާއިމުކުރުން |
TES/2015/W-19 |
-/15,000 ރުފިޔާ |
3- ލ.ގަމުގައި ސްޕޯޓްސް އެރީނާ އިންޑޯ ކޮމްޕްލެކްސް ޤާއިމުކުރުން |
TES/2015/W-20 |
-/15,000 ރުފިޔާ |
4- ރ.ދުވާފަރުގައި ސްޕޯޓްސް އެރީނާ އިންޑޯ ކޮމްޕްލެކްސް ޤާއިމުކުރުން |
TES/2015/W-30 |
-/15,000 ރުފިޔާ |
5- ރ.މަޑުއްވަރީގައި ސްޕޯޓްސް އެރީނާ އިންޑޯ ކޮމްޕްލެކްސް ޤާއިމުކުރުން |
TES/2015/W-29 |
-/15,000 ރުފިޔާ |
6- ރ.އަލިފުށީގައި ސްޕޯޓްސް އެރީނާ އިންޑޯ ކޮމްޕްލެކްސް ޤާއިމުކުރުން |
TES/2015/W-28 |
-/15,000 ރުފިޔާ |
7- ށ.މިލަންދޫގައި ސްޕޯޓްސް އެރީނާ އިންޑޯ ކޮމްޕްލެކްސް ޤާއިމުކުރުން |
TES/2015/W-27 |
-/15,000 ރުފިޔާ |
8- ށ.ފުނަދޫގައި ސްޕޯޓްސް އެރީނާ އިންޑޯ ކޮމްޕްލެކްސް ޤާއިމުކުރުން |
TES/2015/W-26 |
-/15,000 ރުފިޔާ |
9- ހދ.ކުޅުދުއްފުށީގައި ސްޕޯޓްސް އެރީނާ އިންޑޯ ކޮމްޕްލެކްސް ޤާއިމުކުރުން |
TES/2015/W-24 |
-/15,000 ރުފިޔާ |
10- ހދ.ނޮޅިވަރަމުގައި ސްޕޯޓްސް އެރީނާ އިންޑޯ ކޮމްޕްލެކްސް ޤާއިމުކުރުން |
TES/2015/W-25 |
-/15,000 ރުފިޔާ |
2- މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.
GC01-1, 2GC01- ، 3 GC01-، 4 GC01 - އަދި GC01-5
3- ބީލަމެއްގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 09 މާރިޗު 2015 އިން 19 މާރިޗު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް މި މިނިސްޓްރީންނެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި ލިބިވަޑައިގަންނަވާނެއެވެ.
4- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން: 3349107 ، 3349125
ފެކްސް: 3320706 ، 3324432
އީމެއިލް: [email protected]; [email protected]
ކޮޕީ: [email protected]
5- ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/15,000 ރ (ފަނަރަހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
6- މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 22 މާރިޗު 2015ވާ އާދީއްތަ ދުވަހުގެ 10:00 ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.
7- ބީލަން ހުޅުވުން އޮންނާނީ 31 މާރިޗު 2015ވާ އަންގާރަ ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.