މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ (ޙައްޖު އޮޕަރޭޝަން)

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓެންޓް މެނޭޖަރ (ޙައްޖު އޮޕަރޭޝަން)

ބޭނުންވާ އަދަދު:

01 (އެކެއް)

އަސާސީ މުސާރަ:

-/8،000 ރުފިޔާ

އެލެވެންސް:

ސާރވިސް އެލެވެން: -/3،000 ރުފިޔާ

ޕްރޮފެޝަނަލް އެލެވެންސް: މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/125 ރުފިޔާ

ފޯން އެލެވެންސް: -/300 ރުފިޔާ

މަސައްކަތުގެ ގަޑި:

  • ރަސްމީ ގަޑި: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 16:00 އަށް
  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ އެލެވެންސް ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

  • އިސްލާމީ ޝަރީޢާ، އިސްލާމިކް ފައިނޭންސް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
  • ދިވެހި، އިނގިރޭސި އަދި ޢަރަބި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ޙައްޖާއި ޢުމްރާގެ ލޮޖިސްޓިކް ހުރިހާކަމެއް ރާވައި ބެލެހެއްޓުމާއި އަދި އެކަމާގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  • ޙައްޖުވެރިންނަށް ބޭނުންވާ ތަމްރީނުތަކުގެ މެޓީރިއަލްތައް އެކަށައެޅުމުގައި ބައިވެރިވެ، ތަމްރީންތައް ރާވައި ހިންގުން.
  • ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ބައިވެރިވެ، ސަޢުދީ ޢަރަބިއްޔާގައި ކުރަންޖެހޭ މަސައްކަތްތަކުގައި ހީވާގިކަމާ އެކު މަސައްކަތްކުރުން.
  • ޙައްޖާއި ޢުމްރާއަށް ތައްޔާރުވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.
  • ޢަރަބިބަހުން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ޢަރަބިބަހުން ކުރަންޖެހޭ މުޢާމަލާތްތަކުގައި އިސްދައުރެއް އަދާކުރުން.
  • ޙައްޖާއި ޢުމްރާގެ އެންމެހައި ކަންކަން ރާވައި ހިންގުމުގައި މެނޭޖަރުގެ ދަށުން މަސައްކަތްކުރުން.
  • ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކެއްގައި ބައިވެރިވެ އެއްބާރުލުން ދިނުން.

ނޯޓް:

މި މަޤާމަށް މީހަކު ހޮވުމުގައި ސަޢުދީ ޢަރަބިއްޔާގެ މާޙައުލު ދަންނަ ފަރާތްތަކާއި، އަދި ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސައްކަތު ވަގުތު:

  • ރަސްމީ ގަޑި: ހެނދުނު 08:00 އިން ހަވާރި 16:00 އަށް (ރަސްމީ ބަންދު ދުވަސްތައް ފިޔަވައި)
  • ނުރަސްމީ ގަޑިގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާ ގޮތަށް

ހުށައަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުން ގަޑި:

12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

އިތުރު މަޢުލޫމާތު:

މި  މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަވަން ވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:       

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

01 މާރިޗު 2015
ހޯދާ