ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އެއަރކޯންތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ޤައުމީ ކުތުބުޚާނާ ހިނގަމުންދާ މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް އިމާރާތާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ އިމާރާތުގައި ހަރުކޮށްފައިވާ އެއަރކޯންތައް ކޮންޓްރެކްޓް އުސޫލުން މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)56-FIN/1/2015/7)ފ(16.02.2015) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:15 އަށް މިކުތުބުޚާނާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:15 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ ( މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް )

މެދުޒިޔާރަތް މަގު، މާލެ ( ސަލްޓަންޕާރކުގެ އިރު އުތުރު ކަންމަތި )

11 ޖުމާދަލްއޫލާ 1436    

02 މާރިޗު 2015
ހޯދާ