ދިވެހިރާއްޖެ
އިޢުލާން ނަންބަރު:GS166/IUL/2023/23
އިޢުލާން
ވަން މީލް ޕްރޮގަރާމުގެ ދަށުން ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
މި ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ހެނދުނުގެ ނާސްތާ ފޯރުކޮށްދޭންޖެހޭ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށްކުރެވުނު ނަންބަރު (GS166/IUL/2023/22) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 18 އޮކްޓޯބަރ 2023ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށް ބޭނުންވާ ފަރާތުގެ/ކުންފުނި ނަން، ގުޅޭނެ ފަރާތުގެ ނަމާއި ކޮންޓެކްޓް ނަންބަރު ހިމަނުއްވައި މިސްކޫލުގެ މެއިލް ނުވަތަ ނަންބަރަށް ގުޅުއްވައިގެން ނުވަތަ އޮފީސް ރަސްމީ ގަޑީގައި ސްކޫލަށް ވަޑައިގެންވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
މި ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ 19 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ ކުރިން މިސްކޫލަށް ގުޅުއްވުން އެދެމެވެ.
# |
ތަފްޞީލް |
ތާރީޚް |
ގަޑި |
1 |
ރަޖިސްޓްރީކުރުން |
11 އޮކްޓޯބަރ 2023 އިން 18 އޮކްޓޯބަރ 2023އަށް |
ހެނދުނު 08:00 އިން މެންދުރު 14:00އަށް |
2 |
އަންދާސީ ހިސާބު ހުށަހެޅުން |
22 އޮކްޓޯބަރ 2023 (އާދީއްތަ) |
މެންދުރު 13:00 |
ނޯޓް: މިމުއްދަތުގެ ތެރޭގައި ސަރުކާރުން ދުވަހެއް ބަންދުކޮށްފިނަމަ، އޭގެ އިތުރަށް ދުވަހެއް ލިބިގެންދާނެއެވެ.
ޗާންދަނީމަގު، މ. މުލައް، ދިވެހިރާއްޖެ.
ފޯން: 7952903
އީ-މެއިލް: [email protected]