މަޤާމް:
|
އެސިސްޓެންޓް މެނޭޖަރ
|
ސެކްޝަން/ޑިވިޜަން:
|
ޕޭމަންޓް ސިސްޓަމްސް ލައިސެންސިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަން / ޕޭމަންޓް ސިސްޓަމްސް އެންޑް އޯވަރސައިޓް ޑިވިޜަން
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު
|
- ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
- އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
- ވަޒީފާ ހަމަޖެއްސުމުގައި، އެޕްލިކޭޝަން އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އެމްއެމްއޭއިން ހިންގަމުންދާ ޕޭމަންޓް ޕްލެޓްފޯމް އަދި މޯބައިލް އެޕްލިކޭޝަން އެޑްމިނިސްޓަރ ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން
- ޕޭމަންޓް ޕްލެޓްފޯމަށް ދިމާވާ މައްސަލަތައް ދެނެގަނެ އެފަދަ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރުން
- ޕޭމަންޓް ސިސްޓަމް ޕްރޮޖެކްޓް ޤާއިމްކުރުމުގެ މަސައްކަތުގައި އެހީތެރިވުން
- ޑިވިޜަނަށް ލިބޭ ޑޭޓާތައް ސްޓްރީމްލައިންކުރުމުގައި އެހީތެރިވެދިނުން
|
މުސާރަޔާއި އިނާޔަތްތައް
|
20,500.00 – 22,300.00 ރުފިޔާ
|
މަޤާމް:
|
އެސިސްޓެންޓް މެނޭޖަރ
|
ސެކްޝަން/ޑިވިޜަން:
|
ޕޭމަންޓް ސިސްޓަމްސް އޯވަރސައިޓް ސެކްޝަން / ޕޭމަންޓް ސިސްޓަމްސް އެންޑް އޯވަރސައިޓް ޑިވިޜަން
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު
|
- ފިންޓެކް، ބޭންކިން، ބޭންކިން އެންޑް ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޑޭޓާ އެނެލިޓިކްސް މި ދާއިރާތަކާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
- އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
- ވަޒީފާ ހަމަޖެއްސުމުގައި، ޕޭމަންޓް ސިސްޓަމްސް އޮޕަރޭޓް ކުރުމުގެ މަސައްކަތްކޮށްފައިވާ ނުވަތަ ޕޭމަންޓްގެ ޚިދުމަތްދޭ ދާއިރާއެއްގައި ނުވަތަ ބޭންކިން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޕޭމަންޓް ސިސްޓަމް މޮނިޓަރކުރުމުގެ މަސައްކަތާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތައް ސުޕަވައިޒްކުރުމުގެ މަސައްކަތްކުރުން
- ޕޭމަންޓް ސިސްޓަމްތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ މަސައްކަތްތައް ސުޕަވައިޒް ކުރުމަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލްތައް އެކުލަވާލުމުގެ މަސައްކަތުގައި އެހީތެރިވުން
- ޕޭމަންޓް ސިސްޓަމް ޕްރޮޖެކްޓް ޤާއިމްކުރުމުގެ މަސައްކަތުގައި އެހީތެރިވުން
|
މުސާރަޔާއި އިނާޔަތްތައް
|
20,500.00 – 22,300.00 ރުފިޔާ
|
މަޤާމް:
|
އެސިސްޓެންޓް މެނޭޖަރ
|
ސެކްޝަން/ޑިވިޜަން:
|
އިންޓަރނަލް އޮޑިޓް
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު
|
- ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
- އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
- ވަޒީފާ ހަމަޖެއްސުމުގައި، މަތީގައި ބަޔާންކޮށްފައިވާ ފާހުގެ އިތުރަށް ތިރީގައި މިވާ ދައިރާތަކުން ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ
- ޖީސީއީ އޭލެވެލް އިމްތިޙާނުގެ އެކައުންޓިން މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
- ޑޭޓާ ސައިންސް ނުވަތަ ޑޭޓާ އެނަލިޓިކްސް ދާއިރާއިން ސެޓްފިކޭޝަނެއް ހާސިލް ކޮށްފައިވުން
- އައިޓީ އޮޑިޓް ދާއިރާއިން ސެޓްފިކޭޝަނެއް (މިސާލަކަށް ސެޓްފައިޑް އިންފޮރމޭޝަން ސިސްޓަމްސް އޮޑިޓަރ) ހާސިލް ކޮށްފައިވުން
- މި ވަޒީފާއަށް ހޮވޭ ފަރާތަށް އެކައުންޓިން ދައިރާގެ ސެޓްފިކެޓެއް ލިބިފައިނުވާނަމަ، ވަޒީފާ އަދާކުރަންފަށާތާ 1 އަހަރު ދުވަސް ތެރޭގައި އެކައުންޓިންގެ އަސާސީ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާންޖެހޭނެ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
އައިޓީ އޮޑިޓްތައް ކުރުމާއި އެމްއެމްއޭގެ އައިޓީއާ ގުޅުންހުރި މަސައްކަތްތައް ހިނގަމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޮންޓްރޯލްސްތަކާ އެއްގޮތަށްތޯ ބަލައި އައިޓީ އޮޑިޓް އެންގޭޖްމެންޓްތައް ހެދުމުގައި އެހީތެރިވުން
|
މުސާރަޔާއި އިނާޔަތްތައް
|
20,500.00 – 22,300.00 ރުފިޔާ
|
މަޤާމް:
|
އެސިސްޓެންޓް މެނޭޖަރ
|
ސެކްޝަން/ޑިވިޜަން:
|
އިނޮވޭޝަން އެންޑް އެޕްލިކޭޝަން އިންޖިނޭރިން ސަރވިސަސް ސެކްޝަން / އިންފޮރމޭޝަން ޓެކްނޮލޮޖީ ސަރވިސަސް ޑިވިޝަން
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު
|
- ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އެކައުންޓިން ނުވަތަ ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
- ވަޒީފާ ހަމަޖެއްސުމުގައި އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ ޕްރޮގްރާމިން ދާއިރާގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތް
- ޖޫނިއަރ ޑިވެލޮޕަރުންނަށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ސޮފްޓްވެއަރ ޑިޒައިންކޮށް ލިޔުމުގައި އެހީތެރިވެދީ ގައިޑު ކޮށްދިނުން
- އޮތޯރިޓީގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކޮށް ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ދެނެގަތުމުގެ މަސައްކަތް ކުރުން
- ސޮފްޓްވެއަރ އެޕްލިކޭޝަންތައް އިންޕްލިމެންޓްކޮށް ޓެސްޓްކޮށް ދިމާވާ މައްސަލަތައް ހައްލު ކުރުން
- ސޮފްޓްވެއަރގެ ކޯޑުތައް ރިވިއުކޮށް އަޕްޑޭޓްކޮށް އެކަންކަމާގުޅޭ ރެކޯޑްތައް ލިޔެ ބެލެހެއްޓުން
|
މުސާރަޔާއި އިނާޔަތްތައް
|
20,500.00 – 22,300.00 ރުފިޔާ
|
މަޤާމް:
|
މަނިޓަރީ އެސިސްޓަންޓް
|
ސެކްޝަން:
|
އެކްސްޗޭންޖް ރޭޓް އެންޑް ރިޒަރވް މެނޭޖްމަންޓް ޕޮލިސީ ސެކްޝަން /މަނިޓަރީ ޕޮލިސީ އެންޑް އެކްސްޗޭންޖް ރޭޓް ޑިވިޜަން
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
|
- އިކޮނޮމިކްސް، އެޕްލައިޑް އިކޮނޮމިކްސް، އިކޮނޮމެޓްރިކްސް، ކުއަންޓިޓޭޓިވް އިކޮނޮމިކްސް، މަނިޓަރީ އިކޮނޮމިކްސްއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުން
- އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
- ވަޒީފާ ހަމަޖެއްސުމުގައި އިކޮނޮމެޓްރިކް މޮޑެލިން، އެނަލިސިސް އަދި ޑޭޓާ އެނަލިސިސްގެ މައުލޫމާތާއި ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- މަނިޓަރީ އަދި އެކްސްޗޭންޖް ރޭޓް ޕޮލިސީ އެކުލަވާލުމުގައި އެހީތެރިވުން
- ރާއްޖޭގެ މަނިޓަރީ އަދި ފޮރިން އެކްޗޭންޖް މާރކެޓްގެ ހާލަތާ ގުޅުން ހުރި ދިރާސާތައް ކުރުން
- ލިކުއިޑިޓީ ފޯކާސްޓިންގެ މަސައްކަތާއި ބޭންކް ކްރެޑިޓް ސާރވޭގެ މަސައްކަތްތައް ކުރުން
- މަނިޓަރީ ޕޮލިސީ ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އެހީތެރިވުން
|
މުސާރަޔާއި އިނާޔަތްތައް
|
20,500.00 – 22,300.00 ރުފިޔާ
|
މަޤާމް:
|
އެސިސްޓެންޓް މެނޭޖަރ
|
ސެކްޝަން/ޑިވިޜަން:
|
ޕޭމަންޓް އެންޑް ސެޓްލްމެންޓް ސެކްޝަން / ބޭންކިން އެންޑް ޕޭމަންޓް ޑިވިޜަން
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު
|
- ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
- އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
ވަޒީފާ ހަމަޖެއްސުމުގައި، އެޕްލިކޭޝަން އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އެމްއެމްއޭއިން ހިންގަމުންދާ ޕޭމަންޓް ސިސްޓަމްތައް އެޑްމިނިސްޓަރ ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން
- ޕޭމަންޓް ސިސްޓަމްސްތަަކަށް ދިމާވާ މައްސަލަތައް ދެނެގަނެ އެފަދަ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރުން
- ޕޭމަންޓް ސިސްޓަމް ޕްރޮޖެކްޓް ޤާއިމްކުރުމުގެ މަސައްކަތުގައި އެހީތެރިވުން
އެމްއެމްއޭއިން އޮޕަރޭޓް ކުރަމުންދާ ޕޭމަންޓް ސިސްޓަމްތަކުގެ އޮޕަރޭޝަނަލް މަސައްކަތުގައި އެހީތެރިވުން
|
މުސާރަޔާއި އިނާޔަތްތައް
|
20,500.00 – 22,300.00 ރުފިޔާ
|
މަޤާމް:
|
އޮފިސަރ
|
ސެކްޝަން/ޑިވިޜަން:
|
އިނޮވޭޝަން އެންޑް އެޕްލިކޭޝަން އިންޖިނޭރިން ސަރވިސަސް ސެކްޝަން / އިންފޮރމޭޝަން ޓެކްނޮލޮޖީ ސަރވިސަސް ޑިވިޝަން
|
ބޭނުންވާ ޢަދަދު:
|
02 (ދޭއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:
|
- ޖީސީއީ އޭލެވެލް 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުންް
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ސޮފްޓްވެއަރ ޑިވެލޮޕްކުރާ ސީނިއަރ މުވައްޒަފުންނާއެކު ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތުގައި ބައިވެރިވުން
- ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ސޮފްޓްވެއަރ ޑިޒައިންކޮށް ލިޔުމާއި ޓެސްޓްކުރުމަށް ބޭނުންވާ ކޯޑްތައް ލިޔުމުގައި އެހީތެރިވުން
- ސޮފްޓްވެއަރ ޓެސްޓްކޮށް އިންޕްލިމެންޓްކުރުމުގެ ހުރިހާ މަރުހަލާއެއްގައި އެހީތެރިވުން
- ސޮފްޓްވެއަރ ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމުގައި އެހީތެރިވެދިނުމާއި އެކަންކަމާގުޅޭ ރެކޯޑްތައް ލިޔެ ބެލެހެއްޓުން
|
މުސާރަޔާއި އިނާޔަތްތައް
|
11,750.00 – 14,250.00 ރުފިޔާ
|
މަޤާމް:
|
ސެކިއުރިޓީ އޮފިސަރ
|
ސެކްޝަން:
|
ސެކިއުރިޓީ ސަރވިސަސް ސެކްޝަން / ބިލްޑިންގ، ޕްރޮޕަޓީ އެންޑް ސެކިއުރިޓީ މެނޭޖްމަންޓް ޑިވިޝަން
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ޝަރުތު:
|
- ޖީސީއީ އޭލެވެލް ފެންވަރު ހުރުން ނުވަތަ އޯލެވެލްއާއި އެސްއެސްސީ އިމްތިޙާނުގެ 3 (ތިނެއް) މާއްދާއިން ފާސްވެފައިވުން
- ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނޭ ފަރާތަކަށްވުން
- ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް އިއުތިރާޒް ނުކުރާ ފަރާތަކަށްވުން
- އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތަކަށްވުން
- ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް ބޭނުންވާ މިންވަރަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައިވާ ފަރާތަކަށްވުން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ސީސީޓީވީއާއި އެކްސެސް ކޮންޓްރޯލް ސިސްޓަމް ފަދަ ސެކިއުރިޓީ ނިޒާމް ބޭނުންކޮށްގެން އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްތައް.
- އިމާރާތާއި އިމާރާތަށް ވަދެނުކުމެއުޅޭ ފަރާތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް، ކަނޑައެޅޭ ސެކިއުރިޓީ ޕޯސްޓްތަކުގައި ޑިއުޓީކުރުން.
|
މުސާރަޔާއި އިނާޔަތްތައް
|
- 9,500.00 – 12,000.00 ރުފިޔާ
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
- ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ޑިގްރީ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ރަސްމީ ލިޔުމެއް
- ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
- ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް
|
ސުންގަޑި
|
26 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އަށް
|