ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އަތިރިމަތީ އެކިއެކި ސަރަހައްދުތަކުގައިހުރި ރުއްބުޑާއި ރުއްގުޅިތައް ނަގާ ސާފުކުރުން

އިޢުލާން

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

މިރަށު ބުލްބުލާގެ އިރު އިތުރު ކަނުން ފެށިގެން ގުލްޝަންގެއާ ހަމައަށް ރަށުގެ އަތިރިމަތީގައި ނަގާފައި ހުރި 14 ރުއް ބުޑާއި، 23 ރުއްގުޅި އެތަންތަނުން ނަގައި ކައުންސިލުން އަންގާ ތަނަކަށް ގެންގޮސް އެތަންތަން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު (IUL)260/260/2023/108 ށް އެއްވެސް ފަރާތަކުން ކޮޓޭޝަން ހުށަހަޅާފައި ނުވާތީ ދެވަނަ ފަހަރަށް ކޮޓޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

            މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2023 އޮކްޓޯބަރ 18 ވާ ބުދަ ދުވަހުގެ 10:00 ށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ފުރުޞަޠު ހުޅުވާލަމެވެ.  

 

 

      އަންދާސީ ހިސާބު ހުށަހަޅުއްވާނީ ވިޔަފާރީގެ ނަމުގައި ތައްޔާރުކުރެވިފައިވާ ކޮޓޭޝަންއަކުން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ތައްޔާރުކުރެވިފައިވާ ކޮޓޭޝަންގައި މަސައްކަތްކޮށްދެވޭނެ އަގާއި މުއްދަތު ބަޔާންކުރެވިފައި އޮންނަންވާނެއެވެ. ސިޓީއުރައިގެ ބޭރުގައި " ރަށުގެ އަތިރިމަތީ އެކިއެކި ސަރަހައްދުތަކުގައިހުރި ރުއްބުޑާއި ރުއްގުޅިތައް ނަގާ ސާފުކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ރަބީއުލްއައްވަލް 1445                        

11 އޮކްޓޯބަރ 2023

11 އޮކްޓޫބަރު 2023
ހޯދާ