ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު (މާލެ/ ހުޅުމާލެ) ގައި 2023 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރ (އޮކްޓޯބަރ) ގައި ފެށުމަށް އިއުލާންކުރެވުނު ޤިރާއަތު ސެޓްފިކެޓް 1 އަށް ހުޅުވާލެވުނު ފުރުސަތުގައި އެކަށީގެންވާ އަދަދަށް ކުދިން ހުށައަޅާފައިނުވާތީ، އަލުން ފޯމު ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
ޤިރާއަތު ސެޓްފިކެޓް 1
ޝަރުޠު:
- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 8 ހަފްތާ.
ޖާގަ: މާލެ – 30 ޖާގަ
ހުޅުމާލެ – 20 ޖާގަ
ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު މި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2022/06/Application-form-NCHQ-8-6-2022-new-1.pdf 11 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 19 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ އަދި އައިޑީކާޑްގެ ކޮޕީ އާއެކު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މި ކޯސްތަކަށް ދަރިވަރުން ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ 21 އޮކްޓޯބަރ 2023 ވާ ހޮނިހިރު ދުވަހުއެވެ.