ދިވެހިރާއްޖެ
މިޑިޕާޓްމަންޓް ހިނގަމުންދާ ވެލާނާގޭގެ އޭ.ބްލޮކްގައި ބަހައްޓާފައިވާ (މިޑިޕާޓްމަންޓްގެ) އެއަރކޯން ސިސްޓަމްގެ އައުޓްޑޯ ޔުނިޓް ވީ.އާރު.ވީ 2 އިން ވީ.އާރު.ވީ 3ކިއު އަށް ބަދަލު ކުރުމާބެހޭ
މިޑިޕާޓްމަންޓް ހިނގަމުންދާ ވެލާނާގޭގެ އޭ.ބްލޮކްގައި ބަހައްޓާފައިވާ (މިޑިޕާޓްމަންޓްގެ) އެއަރކޯން ސިސްޓަމްގެ އައުޓްޑޯ ޔުނިޓް ވީ.އާރު.ވީ 2 އިން ވީ.އާރު.ވީ 3ކިއު އަށް ބަދަލު ކުރުމަށް ބޭނުންވެގެން މިޑިޕާޓްމަންޓުން ކުރި ނަންބަރު: IUL)133-AS-1/2015/3) އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީހިސާބުތަކުގައި ބައެއް މަޢުލޫމާތު ފުރިހަމަނުވާތީ އެއިޢުލާން ބާޠިލުކޮށް، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން އަލުން އިޢުލާން ކުރަމެވެ.
ވީމާ، މަތީގައި ދަންނަވާފައިވާ އެއަރކޯން ސިސްޓަމް އަމިއްލަ ޚަރަދުގައި ގަތުމާއި، އިންސްޓޯލްކޮށް ދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް 18 މާރިޗު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން ދެއްވުން އެދެމެވެ.
ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
13 ޖުމާދަލްއޫލާ 1436