މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުއްވުމުގެ ދައުވަތު - އިމްޕްލިމެންޓޭޝަން ކޯޑިނޭޓަރ (މޯލްޑިވްސް ޕޮލިޓެކްނިކް)

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން                         

 މާލެ، ދިވެހިރާއްޖެ

 

 އިއުލާން ނަމްބަރު: (IUL)475/475/2023/209

އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުއްވުމުގެ ދައުވަތު

 

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ކުރިޔަށްގެންދާ ' މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު' ޕްރޮޖެކްޓަށް ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ.

 މަގާމް: އިމްޕްލިމެންޓޭޝަން ކޯޑިނޭޓަރ )މޯލްޑިވްސް ޕޮލިޓެކްނިކް)

ބޭނުންވާ އަދަދު:    1 (އެކެއް)

  

އެޕްލިކޭޝަން ހުށައެޅުން:

 ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހު ގެ މެންދުރު  14:00ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރަސްޓް އާއެކު ކަމާގުޅުންހުރި ވެލިޑޭޓްކޮށްފައިވާ ލިޔެކިޔުންތަށް އަދި ވަނަވަރު، ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް ފޮނުވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

އެޕްލިކޭޝަންއާއި އެކު ހުށައަޅުއްވަން ޖެހޭ ލިޔެކިޔުން:  

  • އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  • ސީ.ވީ
  • އެކްރެޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރތަކުގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ

 

ޓަރމްސް އޮފް ރެފަރަންސް:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު  މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.  

 

ކޮންސަލްޓަންޓަކު ހޮވުން

ކޮންސްލްޓަންޓެއް ކަނޑައަޅާނީ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހުއެވެ. 

   

ނޯޓް: މި ކޮންސަލްޓަންސީ އަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއުރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.

މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ހުށަހެޅުން އެދެމެވެ.

 

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށް:

 މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

އުމަރު ޒާހިރު އޮފީސް ބިލްޑިން، 5 ވަނަ ފަންގިފިލާ

ގުޅޭނެ ނަންބަރ: 3026982 / 3026975

އީމެއިލް : [email protected]

11 އޮކްޓޫބަރު 2023
ހޯދާ