ދިވެހިރާއްޖެ
މަޤާމު: ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1)
ބޭނުންވާ އަދަދު: 01
މުސާރަ: -/11,158 ރުފިޔާ
ލިވިންގ އެލަވަންސް: -/3,000 ރުފިޔާ
ރިސްކް އެލަވަންސް: -/2,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: ލ. އަތޮޅު ގޮފި/ ގަމު
މަޤާމުގެ މަސްއޫލިއްޔަތު: މިއޮފީހަށް ހުށަހަޅާ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.
ފެންވަރު ނުވަތަ ޝަރުޠު: ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ން ފެށިގެން މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
އިތުރު އެލަވަންސް: މި މަޤާމަށް ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %55 އާއި، ސަރވިސް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް މަހަކު -/150 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
މިމަޤާމަށް ކުރިމަތި ލައްވާ ފަރާތްތަކުގެ އަދަދު އެކަށީގެންވާ ވަރަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަކަށެވެ.
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 11 މާރިޗު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރަކާއި އައި.ޑީ ކާޑުގެ ކޮޕީ ފޮނުއްވުންއެދެމެވެ. މިމަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް އިންޓަވިއުއަކަށް ނުކިޔޭނެއެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީ ވެސް ބަލައިގަނެވޭނެއެވެ. (ފެކްސް ނަންބަރު: 3000644، އީމެއިލް: [email protected])
12 ޖުމާދަލްއޫލާ 1436