މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މިދަންނަވާ މަޤާމުތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި، ޤާބިލު އަދި އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމު:

އެސިސްޓެންޓް މެނޭޖަރ

ޑިވިޜަން:

ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ އަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އޭސީސީއޭގެ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި ދާއިރާއާ ގުޅުން ހުރި މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމް.އެމް.އޭގެ ބޭރުފައިސާގެ އެކައުންޓްތަކާ ގުޅުން ހުރި މަސައްކަތް ކުރުން އަދި އެމް.އެމް.އޭގެ ރިޒަރވް މެނޭޖްމަންޓް ގެ ބެކް އޮފީސް މަސައްކަތް ކުރުން.
  • އެމް.އެމް.އޭގެ ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އިންޓަރނެޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓެންޑަރޑްސް (އައި.އެފް.އާރ.އެސް) އާ އެއްގޮތަށް ތައްޔާރުކޮށް އަދި ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އެނަލައިޒް ކުރުން.

ހުނަރުވެރިކަން: 

  • އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • މަޢުލޫމާތު އެއްކޮށް ދިރާސާކޮށްގެން ރިޕޯޓުލިޔުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ޤާބިލުކަން ލިބިފައިވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރުމުގެ ޤާބިލުކަންލިބިފައިވުން.
  • އަމިއްލަ އިސްނެގުމާއިއެކު މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • 'މައިކްރޯސޮފްޓް އޮފީސް' އަށް އަހުލުވެރިވެފައިވުން.

މަޤާމު:

ސެކިއުރިޓީ އޮފިސަރ

ސެކްޝަން:

ސެކިއުރިޓީ ސަރވިސަސް ޔުނިޓް

ބޭނުންވާ ޢަދަދު:

03 (ތިނެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ޖީ.ސީ.އީ އޭލެވެލް ފެންވަރު ހުރުން ނުވަތަ ސެކިއުރިޓީއާ ގުޅުން ހުރި ދާއިރާގެ ތަޖުރިބާ ހުރުން
  • ސެކިއުރިޓީ ސިސްޓަމްސްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމް.އެމް.އޭގައި ޤާއިމުކޮށްފައިވާ ސެކިއުރިޓީ ނިޒާމް މެދުވެރިކޮށް، އެމް.އެމް.އޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.

ޝަރުޠު:

  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނޭ މީހަކު ކަމުގައިވުން.
  • ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް އިއުތިރާޒު ނުކުރާ މީހަކު ކަމުގައިވުން.
  • އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން.
  • ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުން.
  • އަޚުލާޤު ރަނގަޅު މީހަކު ކަމުގައިވުން.

ހުނަރުވެރިކަން: 

  • އަމިއްލައަށް އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ
  • ވަޒިފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.

ސުންގަޑި

11 މާރިޗު 2015 ވަނަ ދުވަހުގެ 3.00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާއަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

12 ޖުމާދަލްއޫލާ 1436

03 މާރިޗު 2015
ހޯދާ