މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މިނިސްޓްރީއަށް ބޭނުންވާ ކޭޓަރިންގ ޚިދުމަތް އަދި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށްޓަކައި ވެންޑަރ ރަޖިސްޓަރީ ކުރުމަށް ހުޅުވާލުން

            ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ "ޝޮޕިންގ" އުސޫލުން (ޖުމްލަ އަގު 35,000/- (ތިރީސް ފަސްހާސް) ރުފިޔާއިން ދަށުގެ) މި މިނިސްޓްރީން އެދޭ ކޭޓަރިންގ ޚިދުމަތް އަދި މަރާމާތުގެ މަސައްކަތްތަކަށް ކުރިއަށް ގެންދާ މަސައްކަތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް، ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ވެންޑަރ ލިސްޓެއް އެކުލަވާލުމުގެ މަޤްސަދަކީ މިފަދަ ޚިދުމަތް/މަސައްކަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއްދިނުމެވެ.

 

          ވީމާ، ވެންޑަރއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން 19 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އިޢުލާނާއެކު ހިމެނިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ފޯމުގައި ބަޔާންކުރާ ލިޔުންތަކާއެކު ރަޖިސްޓަރީވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3037301 އާ ގުޅުއްވުން އެދެމެވެ.

 

ވެންޑަރ ރަޖިސްޓަރީ ފޯމުގެ ލިންކް:  

https://docs.google.com/forms/d/1Mox6UQEMwBrgjyf4quszMj7IA1GGZwQulOHI6wRmXV0

11 އޮކްޓޫބަރު 2023
ހޯދާ