ރ. އިންނަމާދޫ ސިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އިންނަމާދޫ ޞިއްޙީ މަރުކަޒުން ކަބަޑް ފިލާ ދިނުމުން، ރިސެޕްޝަން ކައުންޓަރޖެހުމާއި، ޑްރެސިން ރޫމް ކަނބަޑު ދޮރުތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

               މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ނަންނޯޓް ކުރުން

ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް

ތާރީޚް: (މުއްދަތު) 10 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުން ފެށިގެން 18 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް

އީމެއިލް: [email protected] ފޯނު ނަންބަރ: 6580388

މަޢުލޫމާތު ސާފުކުރުން

19 އޮކްޓޯބަރ 2023  ވާ ބުރާސްފަތި ދުވަހުގެ 11:00

ބީލަން ހުށަހެޅުން

އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ އެގަޑިއަށް އިންނަމާދޫ ޞިއްޙީމަރުކަޒަށް.

ތާރީޙް: 22 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ 11:00

 

               މިއިއުލާނާއި ގުޅޭ މައުލޫމާތު ސީޓް އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580388 އަށް ގުޅުއްވުން އެދެމެވެ.

10 އޮކްޓޫބަރު 2023
ހޯދާ