ދިވެހިރާއްޖެ
ހާފިޒު އަހުމަދު ސްކޫލް
ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ
(IUL)GS-74/GS-74/2023/32:ނަންބަރ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ޓީޗާރސް ވޯކްސްޓޭޝަން ހެދުމާއި ބެހޭ
- މިސްކޫލުގައި އަލަށް ޢިމާރަތްކުރެވޭ 16 ކުލާސްރޫމް ޢިމާރާތުގެ ސުޓާފް ރޫމުގައި ޓީޗަރުންގެ ވޯކް ސްޓޭޝަން ހެދުމަށް، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 އޮކްޓޯބަރ 11 ން 2023 އޮކްޓޯބަރ 16 ށް ބަންދުނޫން ދުވަސްތަކުގެ 08:30 އިން 13:30 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޮކްޓޯބަރ 18 ވަނަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ސުވާލު ހުށަހަޅުއްވާފައިވާ ފަރާތްތަކަށް މައުލޫމާތު ސާފުކޮށް ދިނުން 2023 އޮކްޓޯބަރ 19 ވާ އާދީއްތަ ދުވަހުގެ 11:00ގައި މި ސްކޫލުގެ މީޓިންގ ރޫމުގައި އޮންނާނެއެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 އޮކްޓޯބަރ 24 ވާ އަންގާރަ ދުވަހުގެ 11:00 ގައިމިސްކޫލުގެ މީޓިންގ ރޫމުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޙާފިޒް އަޙްމަދު ސްކޫލް
ކަނދުވަލި މަގު، ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ.
ފޯން: 6861989
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
25 ރަބީޢުލް އައްވަލް 1445
10 އޮކްޓޯބަރ 2023