ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ިންނަވަރުގައި ތަރައްޤީ ކުރަމުންދާ "ރީތި ބީޗް" އަދި "ސަންސެޓް ބީޗް"ގެ މެއިންޓަނަންސް އަދި ސާފުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއި ބެހޭ

ޅ. ހިންނަވަރު ކައުންސިލް އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ޚަރަދުގައި 03 މަސްދުވަހުގެ މުއްދަތަށް، ހިންނަވަރު "ރީތި ބީޗް" އާއި "ސަންސެޓް ބީޗް"ގެ މެއިންޓަނަންސް އަދި ސާފުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކުރި އިޢުލާން ގެޒެޓް ކުރެވިފައި ނެތުމުން ކުރިން ކުރެވުނު އިޢުލާން( ނަންބަރު: (IUL)326/PRIV/2023/26)  ބާތިލްކޮށް، އަލުން ޕްރޮޕޯސަލް  ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  • Ø           އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 12 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • Ø           ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 19 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.

 

 

 

އިތުރު މަޢުލޫމާތު:

އެކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

10 އޮކްޓޫބަރު 2023
ހޯދާ