ލ. ފޮނަދޫ ބަނދަރުމަތީގައި ހަދާފައިހުރި ފެރީޓާމިނަލްގެ ފިހާރަ 10 އަހަރު ދުވަހަށް ކުއްޔަށް ހިފާނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، ފިހާރަ ކުއްޔަށް ހިފުމަށް ސައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ފިހާރައިގެ ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑައަގަކީ މަހަކަށް -/1000ރ އެވެ.
|
ބީލަމުގައި ރަޖިސްޓްރީވުން
|
- ފިހާރަ ކުއްޔަށް ހިފުމަށް އެދި ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ދައްކަން ޖެހޭ ފައިސާގެ ޢަދަދަކީ -/150ރ އެވެ.
ރަޖިސްޓްރީ ވުމަށްޓަކައި މި ލިންކްގައިވާ https://forms.gle/TJrRUDj14Uv54mPPA
ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީކޮށްދެވޭނެއެވެ.
- ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވަނީ 16 އޮކްޓޯބަރ 2023 (ހޯމަ) ދުވަހުގެ 14:00 އާއި ހަމައަށެވެ.
|
މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން
|
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- ފިހާރަ ކުއްޔަށްދިނުމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރަށް މަޢުލޫމާތު [email protected] އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.
|
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން
|
- ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 22 އޮކްޓޯބަރ 2023 (އާދީއްތަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
- ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޯބަރ 2023 (އާދީއްތަ) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ. ބައްދަލުވުން އޮންނާނީ ފޮނަދޫ ކައުންސިލްގެ މީޓިންގ ރޫމްގައެވެ.
|