ދިވެހިރާއްޖެ
ކުނި މެނޭޖުކުރުމާއި ބެހޭ ޕްލޭން
2029-2024
ލ. ކަލައިދޫ
ސެޕްޓެމްބަރ 2023
- ތަޢާރަފު
މިއީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ޤަވާޢިދު ނަންބަރު: 2015/R-91 ގެ 13 ވަނަ މާއްދާއިން ބާރު ލިބިގެން އެޤަވާޢިދު ނަގަހައްޓާ ހިންގުމަށްޓަކައި ކަލައިދޫ ކައުންސިލުގެ ޢާއްމު ޖަލްސާއިން ފާސްކޮށް ޢަމަލު ކުރުމަށް ހަދާފައިވާ "ރައްކާތެރިކަމާއެކު ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލު"ގެ ދަށުން ހެދިފައިވާ ޕްލޭނެކެވެ.
1.1 ރަށުގެ ވަނަވަރު
ހައްދުންމަތީ (ލ) ކަލައިދޫއަކީ ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން ދިރިއުޅުނު ގަދީމީ، އިސްރަށް ކަމަށް ބުނެވެއެވެ. އާޘާރީ ތަނެއްގެ ގޮތުގައި "ދިޔަދު" ކިޔާ ސަރަހައްދެއް ފާހަގަކުރެވެއެވެ. މި ސަރަހައްދަކީ ތިން ރަށެއްގެ ގޮތުގައި މީހުން ދިރިއުޅެމުން އައި ސަރަހައްދެކެވެ. އެއީ "ދިޔަދޫ-އިސްދޫ-ކަލައިދޫ" އެވެ. މިތަނުން ހިރިގަލުން މަސައްކަތްކުރި ޒަމާނުއްސުރެ ހަދާފައިވާ އިމާރާތްތަކެއްގެ ބައިތައް ފެންނަން ހުރެއެވެ. އަދި، އިހުޒަމާނުގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ބޮޑެތި ނައު ބަނުމުގެ މަސައްކަތްކުރި ސަރަހައްދެއްކަމަށް ބެލެވޭ "ނާބަން" ކިޔާ ސަރަހައްދެއް ރަށުގެ އެއްގަމު މެދުގައި އޮވެއެވެ. ލ. ކަލައިދޫ އަކީ ރާއްޖޭގެ ނިސްބަތުން ބިން ބޮޑު ރަށެކެވެ. ބިމުގައި 212 ހެކްޓަރ ހުންނަ ކަލައިދޫގައި ޖުމްލަ 1050 މީހުން ދިރިއުޅެއެވެ. އޭގެ ތެރޭގައި 547 އަކީ ފިރިހެނުންނެވެ. އަދި 503 އަކީ އަންހެނުންނެވެ. ކަލައިދޫގައި އިމާރާތްކޮށް މީހުން ދިރިއުޅޭ 160 ގެއާއި، އިމާރާތްކޮށް މީހުން ދިރުނޫޅޭ 20 ގެއާއި، ދައުލަތުގެ ބިމާއި އިމާރާތް 10 އަދި ދިރިއުޅުމަށް ދޫކުރެވިފައިވާ 72 ހުސްގޯތި އޮވެއެވެ. އާމްދަނީ ހޯދުމަށްޓަކައި ރަށު 85 އިންސައްތަ މީހުން ކުރަނީ ދަނޑުވެރިކަން، 15 އިންސައްތަ މީހުން އެހެނިހެން މަސައްކަތް ކޮށްއުޅެއެވެ. ކަރަންޓްގެ ހިދުމަތް ކަލައިދޫގައި ދެމުންދަނީ ފެނަކަ ކޯޕަރޭސަން ކުންފުނީގެ ފަރާތުންނެވެ. އަދި ސަރުކާރާއި ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ ޖައިކާ އިން 2006 ވަނަ އަހަރު ކަލައިދޫގައި ގާއިމްކޮށްދެއްވާފައިވާ ނަރުދަމާގެ ހިދުމަތް ވެސް މިހާރުދެމުން ގެންދަނީ ފެނަކަ ކޯޕަރޭސަންގެ ބެލުމުގެ ދަށުންނެވެ. ކަލައިދޫގައި ކައުންސިލުން ޕްރީސުކޫލްގެ ޙިދުމަތް ފޯރުކޮއްދެމުން ދެއެވެ. އަދި އެލް.ކޭ.ޖީ އިން ގުރޭޑް 10 އެއް އާއިހިސާބަށް ކިޔަވައިދޭ ސާނަވީ 1 ސުކޫލް ހުރެއެވެ. އަދި ރަށުގައި ނަމާދު ކުރުމަށް 2 މިސްކިތް ހުރެއެވެ. ރަށުގައި ކުޅިވަރާއި ކަސްރަތު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުޓްސަލް ދަނޑާއި، އައުޓްޑޯ ޖިމް އަދި އިންޑޯ ބެޑްމިންޓަން ކޯޓް ޤާއިމް ކޮށްފައިވެއެވެ. ރަށް ގިރުމުގެ މައްސަލައަކީ ތިމާވެށީގެ ގޮތުން ރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.
ރަށުގެ ޗާޓް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ޅ) ގެ ދަށުން ހައްދުންމަތީ ކަލައިދޫގެ އިޚްތިޞާޞްގެ ގޮތުގައި ބަލަމުންދަނީ، ސަރުކާރުން ޝާއިޢުކޮށްފައިވާ ދިވެހިރާއްޖޭގެ ޗާޓުގައި ހައްދުންމަތީ ކަލައިދޫގެ ސަރަހައްދު ކަމަށް ކަނޑައަޅާފައިވާ ސަރަހައްދެވެ.
1.2 ޕްލޭންގެ މައިގަނޑު މަޤްޞަދު
މި ޕްލޭން ހެދުމުގެ މައިގަނޑު މަޤުޞަދަކީ ރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތެއްގައި ޢާންމު ރައްޔިތުންނަށް އުނދަގުލާއި ދަތި ނުފޯރާނެހެން ވަކި ތަރުތީބަކުން ފަސޭހަކަމާއެކު ހަރުދަނާ އުޞޫލަކުން ކުނި ނައްތާލުމަށް ޢަމަލު ކުރުމެވެ. އަދި ރަށުގެ އާންމު ސާފުތާހިރުކަން އިތުރުކޮށް ރަށާއި ރަށުގެ ފަޅާއި، ފަރު ކުނިބުނިން ރައްކާތެރިކޮށް ތިމާވެށި ހިމާޔަތްކޮށް އާންމު ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކޮށް ރައްޔިތުން، ކުނީގެ މައްސަލައަށް ހޭލުންތެރިކަން އިތުރުކޮށް ސާފު ރަށެއްގެ ގޮތުގައި ބޭއްވުމެވެ.
- މަޝްވަރާ
2.1މަޝްވަރާކުރެވުނު ފަރާތްތައް
ޕްލޭން އެކުލަވާލުމުގައި މަޝްވަރާ ކޮށްފައިވާ ފަރާތްތައް ތިރީގައި މިވަނީއެވެ.
- ހައްދުންމަތީ ކަލައިދޫ ކައުންސިލް
- ކަލައިދޫ އ.ތ.މ ކޮމެޓީ
- ފެނަކަ ކޯޕަރޭޝަން
- ކަލައިދޫ ސްކޫލް
- ލ.އިސްދޫ ހެލްތު ސެންޓާރ
- ލ.ކަލައިދޫ މެޖިސްޓްރޭޓް ކޯޓް
- ލ.އިސްދޫ ޕޮލިސް
- ލ.އިސްދޫ-ކަލައިދޫ މަގުހަދާ ޔުނިޓް
- ވިޔަފާރިވެރިން
- ދަނޑުވެރިން
- ރަށުގެ ރައްޔިތުން
2.2 މަޝްވަރާކުރެވުނު ގޮތް
- މުއައްސަސާތަކާ މަޝްވަރާ ކުރެވުނީ ކަލައިދޫ ކޮމިއުނިޓީ ސެންޓާރ ގައި ބޭއްވި ބައްދަލުވުމަކުންނެވެ.
- ވިޔަފާރިންނާ މަޝްވަރާކޮށްފައިވަނީ ފިހާރަތަކަށް ޒިޔާރަތްކޮށް އެވަގުތު ފިހާރާގައި އިންނަ ސޭޓާއި ސުވާލުކޮށްގެނެވެ.
- ދަނޑުވެރިންނާއި މަޝްވަރާކޮށްފައިވަނީ ދަނޑުތަކަށް ޒިޔާރަތްކޮށްގެންނާއި ރަށު ތެރެއިން ބައްދަލުވި ދަނޑުވެރިންނާއި ސުވާލުކޮށްގެނެވެ.
- ރައްޔިތުންގެ ހިޔާލު ހޯދާފައިވަނީ ސާވޭ ފޯމު ފުރައިގެންނާއި ކަލައިދޫ ކޮމިއުނިޓީ ސެންޓާރ ގައި ބޭއްވި ބައްދަލުވުމަކުންނެވެ.
- މަޝްވަރާ ކުރެވުނު ކަންތައްތައް
- މިހާރު ރަށުގައި ކުނި މެނޭޖުކުރަމުންދާގޮތާއި އަދި ކުނި މެނޭޖުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން.
- މިހާރު ހެދިފައިވާ ކުނި އުސޫލާއި އަދި އުޞޫލަށް ގެނެވިދާނެ އިސްލާހު ތަކާއި ގުޅޭ ގޮތުން
- ރަށުގެ ކުނީގެ ހާލަތު އަދި ކުނި އުފެދުން މަދުކުރުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންތައްތައް
- ރަށުގައި މިހާރު ޤާއިމް ކޮށްފައިވާ ކުނިކޮށި އަޕްގުރޭޑް ކުރުމާއި ކުނިމެނޭޖުކުރުމަށް އިތުރަށް ބޭނުންވާ މެޝިނަރީޒް ތަކާއި ގުޅޭ ގޮތުން
2.3 ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ގޮތް
- ފުރަތަމަ ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި، ޤާނޫނު، ޕޮލިސީތައް ދިރާސާކުރެވުނު (ކުނި މެނޭޖްކުރުމާއިބެހޭ ގަވާއިދު (2013/R-58)، ކުނި މެނޭޖްކުރުމާއި ބެހޭ ޕޮލިސީ 2015، ތިމާވެށި ޤާނޫނު، ހައްދުންމަތީ ކަލައިދޫ ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމާއި، ކުނި ނައްތާލުމާއި ބެހޭ އުޞޫލު، ލާމަރުކަޒީ ގާނޫނު)
- ރަށުގައި ކުނި އުފެދޭ މިންވަރު ބެލުމަށް ހެދުނު ކުނީގެ އޮޑިޓް
- ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ޙިޔާލު ހޯދުމަށް ބޭއްވުނު ބައްދަލުވުން
- ކުނި މެނޭޖުކުރުމާއި ގުޅޭގޮތުން ރަށުގެ ރައްޔިތުން ހޭލުންތެރިވެފައިވާ ގޮތް ބެލުމުގެ ގޮތުން ނެގުނު ސާވޭ.
- ކުނި މެނޭޖުކުރުމުގެ ޙާލަތު
2018 އިން ފެށިގެން ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމާއި، ކުނި ނައްތާލުމުމާއިބެހޭ އުޞޫލެއް ހެދި އަމަލުކުރުމުން ދެއެވެ.
ޙާލަތު މިހާރު އޮތްގޮތުގެ ތަފްސީލު
2018 އިން ފެށިގެން ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމާއި، ކުނި ނައްތާލުމުމާއިބެހޭ އުޞޫލެއް ހެދި އަމަލުކުރުމުން ދެއެވެ. މި އުޞޫލުގެ ދަށުން ކުނި ކޮށި ޤާއިމް ކުރެވި ގޭގޭގައި އުފެދޭ ކުނި ނަގައި ކުނިކޮއްޓަށް ޖަމާކޮށް ކުނި ބައިބަޔަށް ވަކިކުރެވެމުން ދެއެވެ.އަދި ރަށުގެ އިޖްތިމާއީ ސަރަހައްދުތަކުގައި ޑަސްބިން ބެހެއްޓިފައިވެއެވެ. އަދި ރަށުގެ އާންމު ސާފުތާހިރުކަން އިތުރުކޮށް ރަށާއި ރަށުގެ ފަޅާއި، ފަރު ކުނިބުނިން ރައްކާތެރިކޮށް ތިމާވެށި ހިމާޔަތްކޮށް އާންމު ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކޮށް ރައްޔިތުން، ކުނީގެ މައްސަލައަށް ހޭލުންތެރިކަން އިތުރުކޮށް ސާފު ރަށެއްގެ ގޮތުގައި ރަށް ބޭއްވުމަށް ރަށުގެ އެންމެންވެސް މަސައްކަތްކުރެއެވެ.
3.1 ކުނި މެނޭޖުކުރާތަން
- ލ.ކަލައިދޫ އިރުމަތީ ފަރާތު ސޯޝަންމަގާއި އިން ވެގެން، ކުނިކޮށި އިމާރާތްކޮށްފައިވަނީ ރާނައި ސިމެންތި ޖަހައި ޓިނުޖަހައި ހިޔާކޮށް ފައެވެ. ކުނިކޮށި ގާއިމުކޮށްދީފައިވަނީ (ޔޫ.އެން.ޑީ.ޕީ) ފަރާތުންނެވެ.
3.2 ކުނި އުފެދޭ ތަންތަން
ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ ރައްކާތެރިކަމާއިއެކު ކުނި މެނޭޖުކުރުމާއި ނައްތާލުމުގެ އުޞޫލާއި އެއްގޮތަށް ރަޖިސްޓްރީ ކުރެވިގެން ކުނި ނައްތާލަމުން ދާ ތަންތަނުގެ މަޢުލޫމާތު ތިރީގައިމިވަނީއެވެ.
ކުނި އުފެދޭ ތަންތަން |
އަދަދު |
ގޭބީސީ |
166 |
ސަރުކާރުގެ މުއައްސަސާތައް |
3 |
ވިޔަފާރިތައް (އޮޑިހަރުގެ، ކެފޭ، ރެސްޓޯރެންޓް،ރީޓެއިލް ފިހާރަ، މަސް ފެކްޓްރީ، ފާމަސީ، މަސްކައްކާ ގެތައް، ވޯކްޝޮޕްތައް، ގެސްޓް ހައުސް) |
8 |
ޔޫޓިލިޓީ ޙިދުމަތްދޭ ތަންތަން |
2 |
ސިނާއީ މަސައްކަތް ކުރާ ތަންތަން |
5 |
ދަނޑުތައް |
0 |
އިޖުތިމާއީ އެކި ސަރަޙައްދުތައް |
6 |
3.3 އުފެދޭ ކުނީގެ ބާވަތްތަކާއި މިންވަރު
ހައްދުންމަތީ ކަލައިދޫ ވޭސްޓް މެނޭޖްމެންޓް ސެންޓާރއަށް ޖަމާކުރަމުންދާ ކުނީގެ ނިސްބަތަށް ބަލައި އަންދާސީ އަދަދުތައް ތިރީގައި މިވަނީ އެވެ.
ބާވަތުގެ ޕަސަންޓޭޖް މިންވަރު |
އަހަރެއްގެ އުފެދޭ މިންވަރު (ކިލޯ ގްރާމް) |
މަހެއްގެ މައްޗަށް އުފެދޭ މިންވަރު (ކިލޯ ގްރާމް) |
ދުވާލެއްގެ މައްޗަށް އުފެދޭ މިންވަރު (ކިލޯ ގްރާމް) |
ކުނީގެ ބާވަތް |
11% |
14,400.00 |
1,200.00 |
40 |
ޕްލާސްޓިކް |
9% |
11,520.00 |
960.00 |
32 |
ބިއްލޫރި |
15% |
20,160.00 |
1,680.00 |
56 |
ދަގަނޑު |
3% |
3,600.00 |
300.00 |
10 |
ނުރައްކާތެރި ކުނި |
4% |
5,400.00 |
450.00 |
15 |
ކޮންސްޓްރަކްޝަން އެންޑް ޑެމޮލިޝަން ކުނި |
44% |
57,600.00 |
4,800.00 |
160 |
އަމިއްލައަށް ނެތިފަނާވެގެންދާޒާތުގެ ކުނި |
11% |
14,400.00 |
1,200.00 |
40 |
ކަރުދާހުގެ ބާވަތްތައް |
3% |
4,320.00 |
360.00 |
12 |
އެހެނިހެން |
100% |
131,400.00 |
10,950.00 |
365 |
ޖުމްލަ |
3.4 ކުނި އުފައްދާ ތަންތަނުން ކުނި ނަގާގޮތް
ކުނި ނަގަނީ އެކި ބާވަތައްތައް ވަކިން، ކުނި އުފުލަނީ ޕިކަޕުގައި، ކުނި ގެންދާއިރު ގެންދަނީ ވަކި ވަކި ޑަސްބިނަށް ބައިބައިކޮށްގެންނެވެ. އަދި ކުނި އުފުލުމުގެ މަސައްކަތް ކުރާ މުވައްޒަފުން ރައްކާތެރިވުމުގެ ގޮތުން ތިބެނީ މާސްކުއަޅާ، އަންގިލައިގެން އަދި ސޭފްޓީ ބޫޓަށް އަރައިގެންނެވެ.
ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:00 ން ފެށިގެން މެންދުރުފަހު 14:00 އާއި ދެމެދުއެވެ. އަދި ކޮންމެ ހުކުރު ދުވަހަކު ބަދިގޭ ކުނިނަގަނީ ހެނދުނު 8.00 އިން 10.00އަށެވެ.
3.5 ކުނިކޮށީގައި ކުނި މެނޭޖުކުރަމުންދާގޮތް
- ކުނި ޖަމާކޮށްފައި ހުންނަ ގޮތް:
އެކި ބާވަތްތައް ވަކިން, ފަތްކުނި، ދަގަނޑު، ބިއްލޫރި، ޕްލާސްޓިކް، ލަކުޑި، ގައުކުނޑި
- ކުނިކޮށީގައި ކުނި ޓްރީޓްކުރުމަށް ކުރެވޭ ކަންކަން
ފަނާވާޒާތުގެ ކުންޏާއި ޕްލާސްޓިކު ކުނި އަދި ގްރީން ވޭސްޓް އަންދަނީ، ބިއްލޫރި، ދަގަނޑު، ނުރައްކާތެރި ކުނި، އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ކުނި ވަކިކޮށް ބެހެއްޓިފައި
3.6 މީހުން ހޭލުންތެރިވެފައިވާ މިންވަރު
ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށް ނެގުނު ސާރވޭގެ ނަތީއްޖާ%90
ރަށުގެ އެތަން މިތަނަށް ކުނި އަޅާ މިންވަރު %5
3.7 ކުނި މެނޭޖްކުރުމަށްޓަކައި ގާއިމްކޮށްފައި ހުރި ވަސީލަތްތައް
- ކުނިކޮށި
- ކުނި އުފުލުމަށް ބޭނުންކުރާ ޕިކަޕް
- ދަޅު ފިއްތާ މެޝިން
- ބިއްލޫރި މުގުރާ މެޝިން
3.8 ކުނި މެނޭޖްކުރުމުގެ މަސައްކަތް ބަލަހައްޓަމުންގެންދާ ފަރާތް
ރަށުގައި އުފެދޭ ކުނި ނަގައި ރައްކާތެރި ގޮތުގައި ނައްތާލުމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެމުން ދަނީ ހައްދުންމަތީ ކަލައިދޫ ކައުންސިލުންނެވެ.
- ކުނި މެނޭޖްކުރުން
- ކުނި ޖަމާކޮށްފައި ހުންނާނީ އެކި ބާވަތްތައް ވަކިވަކިން (ފަތްކުނި، ދަގަނޑު، ބިއްލޫރި، ޕްލާސްޓިކް، ލަކުޑި، ގައުކުނޑި)
- ކުނިކޮށީގައި ކުނި ޓްރީޓްކުރުމަށް ކުރެވޭ ކަންކަން (ފަނާވާޒާތުގެ ކުންޏާއި ޕްލާސްޓިކު ކުނި އަދި ގްރީން ވޭސްޓް އަންދަނީ)
- ބިއްލޫރި، ދަގަނޑު، ނުރައްކާތެރި ކުނި، އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ކުނި ވަކިކޮށް ބެހެއްޓިފައި
4.1 ލަނޑުދަނޑިތައް:
މިޕްލޭންގައި އަމާޒުކުރާނެ ލަނޑުދަނޑިތަކާއި އަދި ޙާސިލްކުރަންބޭނުންވާ ނަތީޖާ ކަނޑައަޅާފައިވަނީ ކުނި މެނޭޖުކުރުމުގެ ޤައުމީ ސިޔާސަތު، ކުނި މެނޭޖްކުރުމާއި ބެހޭ ޤަވާއިދު އަދި ކުރިއަށް ގެންގޮސްފައިވާ މަޝްވަރާތަކަށް ބިނާކޮށެވެ.
މިޕްލޭންގެ މަޤްސަދު ހާސިލުކުރުމަށް އަމާޒުކުރާނެ ލަނޑުދަނޑިތަކާއި އަދި ހާސިލް ކުރަން ބޭނުންވާ ނަތީޖާ ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
ލަނޑުދަނޑި 1: ރަށުގައި ކުނި މެނޭޖްކުރުމުގެ ހަރުދަނާ ޤަވާއިދުތަކަކާއި އުޞޫލުތަކެއް ތަންފީޒުކުރުން.
ލަނޑުދަނޑި 2: ރަށުގެ ރައްޔިތުންނަކީ ކުނި ނައްތާލުމުގެ މައްސަލައަށް ހޭލުންތެރި އަދި ކުނި މެނޭޖުކުރުމުގެ ނިޒާމުގައި ފުރިހަމަޔަށް ބައިވެރިވާ ބަޔަކަށްހެދުން.
ލަނޑުދަނޑި 3: ކުނިކޮށި އަޕްގުރޭޑް ކުރުން
ލަނޑުދަނޑި 4: ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް ހިނގާ ޚަރަދު ފޫބެއްދޭނެ ގޮތްތަކެއް ހޯދުން.
ލަނޑުދަނޑި 5: ކުނިމެނޭޖުކުރުމުގެ ނިޒާމާއި ސެންޓްރަކީ މަސައްކަތްކުރާ މުވައްޒިފުންނަށް ރައްކާތެރި މާހައުލެއްގެ ގޮތުގައި ދެމެހެއްޓުމާއި މުވައްޒަފުންނަށް ތަމްރީން ދިނުން
4.2 ލަނޑުދަޑިތައް ޙާޞިލްކުރާނެ ގޮތް:
ލަނޑުދަނޑި 1 |
ރަށުގައި ކުނި މެނޭޖްކުރުމުގެ ހަރުދަނާ ޤަވާއިދުތަކަކާއި އުޞޫލުތަކެއް ތަންފީޒުކުރުން. |
|||||
މިހާރު އޮތް ހާލަތު |
ކަމާއިގުޅޭ އުޞޫލުތަކާއި ޤަވާޢިދުތަކެއް ހެދިފައިވޭ އެކަމަކު އެއުޞޫލުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޢަމަލެއްނުކުރެވޭ. |
|||||
ހަރަކާތްތައް |
ވަޞީލަތްތައް |
ބައިވެރިވާ ފަރާތްތައް |
ޒިންމާވާ ފަރާތް |
އަމާޒުކުރާ މުއްދަތު |
ކެޕިޓަލް ޚަރަދު |
އޮޕަރޭޝަނަލް ކޯސްޓް |
ވޭސްޓް މެނޭޖްމަންޓް ކޮމިޓީ އެކުލަވާލައި ޙަރަކާތްތެރި ކުރުވުން |
ބައްދަލުވުންތައް |
ރައްޔިތުން/މުއައްސަސާތައް. |
ކައުންސިލުން |
5 އަހަރު |
|
30000 |
އުޞޫލް އިސްލާޙް ކުރަމުން ގެންދިއުން |
ބައްދަލުވުންތައް(ޙިޔާލާއި މަޝްވަރާ) |
ރައްޔިތުން/މުއައްސަސާތައް. |
ކައުންސިލުން |
5 އަހަރު |
|
30000 |
ހޭލުންތެރި ކުރުން |
ލީފްލެޓް،ކެންވަސް، ބައްދަލުވުންތައް |
ރައްޔިތުން/ސުކޫލް ދަރިވަރުން/މުއައްސަސާތައް. |
ކައުންސިލުން |
5 އަހަރު |
|
100000 |
ލަނޑުދަނޑި 2 |
ރަށުގެ ރައްޔިތުންނަކީ ކުނި ނައްތާލުމުގެ މައްސަލައަށް ހޭލުންތެރި އަދި ކުނި މެނޭޖުކުރުމުގެ ނިޒާމުގައި ފުރިހަމަޔަށް ބައިވެރިވާ ބަޔަކަށްހެދުން. |
|||||
މިހާރު އޮތް ހާލަތު |
ކަމާއިގުޅޭ އުޞޫލުތަކާއި ޤަވާޢިދުތަކެއް ހެދިފައިވޭ އެކަމަކު އެއުޞޫލުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޢަމަލެއްނުކުރެވޭ. ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުގެ ގޮތުން ގިނަ ޕްރޮގްރާމްތަށް ހިންގިފައި ނުވޭ |
|||||
ހަރަކާތްތައް |
ވަޞީލަތްތައް |
ބައިވެރިވާ ފަރާތްތައް |
ޒިންމާވާ ފަރާތް |
އަމާޒުކުރާ މުއްދަތު |
ކެޕިޓަލް ޚަރަދު |
އޮޕަރޭޝަނަލް ކޯސްޓް |
ހޭލުންތެރި ކުރުން |
ލީފްލެޓް،ކެންވަސް، ބައްދަލުވުންތައް |
ރައްޔިތުން/ސުކޫލް ދަރިވަރުން/މުއައްސަސާތައް. |
ކައުންސިލުން |
5 އަހަރު |
|
100000 |
ދުވަސްތައް ފާހަގަކުރުން |
ބައްދަލުވުންތައް(ޙިޔާލާއި މަޝްވަރާ) |
ރައްޔިތުން/ސުކޫލް ދަރިވަރުން/މުއައްސަސާތައް. |
ކައުންސިލުން |
5 އަހަރު |
|
150000 |
ސާފުކުރުމުގެ ޕްރޮގުރާމްތައް ހިންގުން |
އަންގި،ފެން،ގޯނި،ކަތިވަޅި،ޖަންބޯ ބޭގް |
ރައްޔިތުން/ސުކޫލް ދަރިވަރުން/މުއައްސަސާތައް. |
ކައުންސިލުން |
5 އަހަރު |
|
150000 |
ލަނޑުދަނޑި 3 |
ކުނިކޮށި އަޕްގުރޭޑް ކުރުން |
|||||
މިހާރު އޮތް ހާލަތު |
ކަމާއިގުޅޭ އުޞޫލުތަކާއި ޤަވާޢިދުތަކެއް ހެދިފައިވޭ އެކަމަކު އެއުޞޫލުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޢަމަލެއްނުކުރެވޭ. |
|||||
ހަރަކާތްތައް |
ވަޞީލަތްތައް |
ބައިވެރިވާ ފަރާތްތައް |
ޒިންމާވާ ފަރާތް |
އަމާޒުކުރާ މުއްދަތު |
ކެޕިޓަލް ޚަރަދު |
އޮޕަރޭޝަނަލް ކޯސްޓް |
ކުނިކޮށީގެ ފަށައިގެން ފެންސު ޖަހައި ގޭޓުލުން |
ޕުރޮޕޯސަލް ހަދައި ފަންޑް ހޯދުން |
ވިޔަފާރިވެރިން،މުއައްސަސާތައް، ރައްޔިތުން |
ކައުންސިލުން |
3 އަހަރު |
400000 |
20000
|
ކުނި ރިކަވާރކޮށް، ރީސައިކަލްކޮށް، ގުދަންކުރުމަށް ބޭނުންވާ ޒަމާނީތަނަކަށް ހެދުން |
ޕުރޮޕޯސަލް ހަދައި ފަންޑް ހޯދުން |
ވިޔަފާރިވެރިން،މުއައްސަސާތައް، ރައްޔިތުން |
ކައުންސިލުން |
5 އަހަރު |
700000 |
250000 |
ކުނިކޮށީގައި ގުދަނެއް ޤާއިމް ކުރުން |
ޕުރޮޕޯސަލް ހަދައި ފަންޑް ހޯދުން |
މުއައްސަސާތައް. |
ކައުންސިލުން |
2 އަހަރު |
300000 |
20000 |
މިހާރު ހުރި މެޝިނަރީޒްތައް ބޭނުން ކުރުން |
މުވައްޒަފުން ތަމްރީނުކުރުން |
ކަމާގުޅޭ ދާއިރާތަކުގެ މާހިރުންނާއި މުވައްޒަފުން |
ކައުންސިލުން |
2 އަހަރު |
|
50000 |
ކުނި އަންދާ މެޝިނެއް ހޯދުން |
ޕުރޮޕޯސަލް ހަދައި ފަންޑް ހޯދުން |
ވިޔަފާރިވެރިން،މުއައްސަސާތައް. |
ކައުންސިލުން |
3 އަހަރު |
1.3 މިލިއަން ރުފިޔާ |
50000 |
ލޮރީ އެއް ހޯދުން |
ޕުރޮޕޯސަލް ހަދައި ފަންޑް ހޯދުން |
ވިޔަފާރިވެރިން،މުއައްސަސާތައް. |
ކައުންސިލުން |
5 އަހަރު |
350000 |
|
ބަގީ އެއް ހޯދުން |
ޕުރޮޕޯސަލް ހަދައި ފަންޑް ހޯދުން |
ވިޔަފާރިވެރިން،މުއައްސަސާތައް. |
ކައުންސިލުން |
5 އަހަރު |
40000 |
|
ޑަސްބިން ހޯދުން |
ޕުރޮޕޯސަލް ހަދައި ފަންޑް ހޯދުން |
ވިޔަފާރިވެރިން،މުއައްސަސާތައް. |
ކައުންސިލުން |
5 އަހަރު |
250000 |
|
ޖަނބޯ ބޭގް އަދި ގޯނި ހޯދުން |
ޕުރޮޕޯސަލް ހަދައި ފަންޑް ހޯދުން |
ވިޔަފާރިވެރިން،މުއައްސަސާތައް. |
ކައުންސިލުން |
5 އަހަރު |
100000 |
|
ލަނޑުދަނޑި 4 |
ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް ހިނގާ ޚަރަދު ފޫބެއްދޭނެ ގޮތްތަކެއް ހޯދުން. |
|||||
މިހާރު އޮތް ހާލަތު |
އާމްދަނީއެއް ނުލިބޭ |
|||||
ހަރަކާތްތައް |
ވަޞީލަތްތައް |
ބައިވެރިވާ ފަރާތްތައް |
ޒިންމާވާ ފަރާތް |
އަމާޒުކުރާ މުއްދަތު |
ކެޕިޓަލް ޚަރަދު |
އޮޕަރޭޝަނަލް ކޯސްޓް |
ބޮނބި ކުޑި ހެދުން |
ޕުރޮޕޯސަލް ހަދައި ފަންޑް ހޯދުން/މާރކެޓް ހޯދައި ވިއްކޭނެ އިންތިޒާމް ހަމަޖެއްސުން / މުވައްޒަފުން ތަމްރީނުކުރުން |
ކަމާގުޅޭ ދާއިރާތަކުގެ މާހިރުންނާއި މުވައްޒަފުން |
ކައުންސިލުން |
5 އަހަރު |
300000 |
150000 |
ކާދު ހެދުން |
ޕުރޮޕޯސަލް ހަދައި ފަންޑް ހޯދުން/މާރކެޓް ހޯދައި ވިއްކޭނެ އިންތިޒާމް ހަމަޖެއްސުން / މުވައްޒަފުން ތަމްރީނުކުރުން |
ކަމާގުޅޭ ދާއިރާތަކުގެ މާހިރުންނާއި މުވައްޒަފުން |
ކައުންސިލުން |
5 އަހަރު |
|
150000 |
ބިއްލޫރި ކުނޑި ހެދުން |
ޕުރޮޕޯސަލް ހަދައި ފަންޑް ހޯދުން/މާރކެޓް ހޯދައި ވިއްކޭނެ އިންތިޒާމް ހަމަޖެއްސުން / މުވައްޒަފުން ތަމްރީނުކުރުން |
ކަމާގުޅޭ ދާއިރާތަކުގެ މާހިރުންނާއި މުވައްޒަފުން |
ކައުންސިލުން |
5 އަހަރު |
|
150000 |
ދަގަނޑު/ޕުލާސްޓިކް/އެލްމުނިއަމް ވިއްކުން |
ޕުރޮޕޯސަލް ހަދައި ފަންޑް ހޯދުން/މާރކެޓް ހޯދައި ވިއްކޭނެ އިންތިޒާމް ހަމަޖެއްސުން / މުވައްޒަފުން ތަމްރީނުކުރުން |
ކަމާގުޅޭ ދާއިރާތަކުގެ މާހިރުންނާއި މުވައްޒަފުން |
ކައުންސިލުން |
5 އަހަރު |
|
150000 |
ލަނޑުދަނޑި 5 |
ކުނިމެނޭޖުކުރުމުގެ ނިޒާމާއި ސެންޓްރަކީ މަސައްކަތްކުރާ މުވައްޒިފުންނަށް ރައްކާތެރި މާހައުލެއްގެ ގޮތުގައި ދެމެހެއްޓުމާއި މުވައްޒަފުންނަށް ތަމްރީން ދިނުން |
|||||
މިހާރު އޮތް ހާލަތު |
ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތަށް ހިންގިފައިނުވޭ. |
|||||
ހަރަކާތްތައް |
ވަޞީލަތްތައް |
ބައިވެރިވާ ފަރާތްތައް |
ޒިންމާވާ ފަރާތް |
އަމާޒުކުރާ މުއްދަތު |
ކެޕިޓަލް ޚަރަދު |
އޮޕަރޭޝަނަލް ކޯސްޓް |
އަލިފާން ނިވާނެ ނިޒާމެއް ޤާއިމް ކުރުން |
ޕުރޮޕޯސަލް ހަދައި ފަންޑް ހޯދުން/މުވައްޒަފުން ތަމްރީނުކުރުން |
ވިޔަފާރިވެރިން،މުއައްސަސާތައް.ކަމާގުޅޭ ދާއިރާތަކުގެ މާހިރުންނާއި މުވައްޒަފުން |
ކައުންސިލުން |
5 އަހަރު |
600000 |
50000 |
ފަސްޓް އެއިޑް ކިޓް |
ޕުރޮޕޯސަލް ހަދައި ފަންޑް ހޯދުން/މުވައްޒަފުން ތަމްރީނުކުރުން |
ވިޔަފާރިވެރިން،މުއައްސަސާތައް.ކަމާގުޅޭ ދާއިރާތަކުގެ މާހިރުންނާއި މުވައްޒަފުން |
ކައުންސިލުން |
5 އަހަރު |
30000 |
20000 |
މުވައްޒަފުން ރައްކާތެރިކަމަށް ބޭނުން ކުރާނެ ޙާއްސަ ސޫޓާއި އެހެނިހެން ތަކެތި ފޯރުކޮއްދިނުން |
ޕުރޮޕޯސަލް ހަދައި ފަންޑް ހޯދުން/މުވައްޒަފުން ތަމްރީނުކުރުން |
ވިޔަފާރިވެރިން،މުއައްސަސާތައް.ކަމާގުޅޭ ދާއިރާތަކުގެ މާހިރުންނާއި މުވައްޒަފުން |
ކައުންސިލުން |
5 އަހަރު |
45000 |
30000 |
މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގުރާމްތައް ހިންގުން |
ޕުރޮޕޯސަލް ހަދައި ފަންޑް ހޯދުން/މުވައްޒަފުން ތަމްރީނުކުރުން |
ވިޔަފާރިވެރިން،މުއައްސަސާތައް.ކަމާގުޅޭ ދާއިރާތަކުގެ މާހިރުންނާއި މުވައްޒަފުން |
ކައުންސިލުން |
5 އަހަރު |
|
500000 |
4.3 ކުނި އިތުރުވާނެ ވަރުގެ އަންދާޒާ
(ޕްލޭންގެ މުއްދަތުގެ ތެރޭގައި ކުނި އިތުރުވާނެ ކަމަށް ލަފާކުރެވޭ މިންވަރު- ބަރުދަނުން، ކޮންމެ ބާވަތެއްގެ ކުނި ވަކިން)
އަހަރު 5 |
އަހަރު 4 |
އަހަރު 3 |
އަހަރު 2 |
އަހަރު 1 |
ކުނީގެ ބާވަތް |
79,200.00 |
63,600.00 |
48,000.00 |
32,400.00 |
15,600.00 |
ޕްލާސްޓިކް |
63,060.00 |
50,640.00 |
38,220.00 |
25,800.00 |
12,420.00 |
ބިއްލޫރި |
107,300.00 |
86,320.00 |
65,160.00 |
44,000.00 |
21,160.00 |
ދަގަނޑު |
20,060.00 |
16,108.00 |
12,156.00 |
8,204.00 |
3,952.00 |
ނުރައްކާތެރި ކުނި |
29,700.00 |
23,850.00 |
18,000.00 |
12,150.00 |
5,850.00 |
ކޮންސްޓްރަކްޝަން އެންޑް ޑެމޮލިޝަން ކުނި |
316,800.00 |
254,400.00 |
192,000.00 |
129,600.00 |
62,400.00 |
އަމިއްލައަށް ނެތިފަނާވެގެންދާޒާތުގެ ކުނި |
79,200.00 |
63,600.00 |
48,000.00 |
32,400.00 |
15,600.00 |
ކަރުދާހުގެ ބާވަތްތައް |
23,760.00 |
19,080.00 |
14,390.00 |
9,720.00 |
4,680.00 |
އެހެނިހެން |
719,080.00 |
577,598.00 |
435,926.00 |
294,274.00 |
141,662.00 |
ޖުމްލަ |
4.4 ކުނި މެނޭޖްކުރާނެ ގޮތްތަކާއި އުސޫލުތައް
- ކުނިކޮށީގައި ކުނި ޖަމާކުރެވޭނެ އުސޫލް:
ކުނިކޮށީގައި ކުނި ބައިބައިކޮށްގެން އެކަމަށް ކަނޑައެޅިފައިވާ ގޮޅީގައި ކުނި ގުދަން ކުރުން
- ބައި ކުރެވޭ ބާވަތްތައް:
ކުނި މެނޭޖްކުރުމާބެހޭ ޤަވާއިދު ( ޤަވާއިދު ނަންބަރު: 2013/R-58) އަށް ގެނެވުނު 5 ވަނަ އިސްލާހު (ޤަވާއިދު ނަންބަރު: 2021/R-109) އާ އެއްގޮތްވާގޮތަށް
- ކުނި މެނޭޖްކުރުމުގައި އަމަލުކުރާނެ އުސޫލު:
ކުނިކޮށީގައި ކުނި ބައިބައިކޮށްގެން އެކަމަށް ކަނޑައެޅިފައިވާ ގޮޅީގައި ކުނި ގުދަން ކުރުން، ރަށުގައި މެނޭޖްނުކުރެވޭ ކުނި ބޭރުކުރުން އަދި ވިއްކުން، ނުރައްކާތެރި ކުނި އަދި ޙާއްސަ ކުނި ގުދަން ކުރުމަށްފަހު ސަރަޙައްދީ ކުނި މެނޭޖްކުރާ މަރުކަޒަށް ފޮނުވުން، ކާދުހެދުން، އިންސިނިރޭޓްކުރުން، ދަޅު، ފުޅި ފަދަ ތަކެތި ކޮންޕެކްޓްކުރުން
4.5 ރަށުގައި އަމިއްލައަށް މެނޭޖުކުރެވޭނެ ކުނީގެ މިންވަރާއި ބާވަތްތައް
މިސާލަކަށް ތިރީގައިއެވާ ތާވަލާއި އެއްގޮތަށް ރަށުގައި މެނޭޖުކުރެވޭނެ ކުނިތައް ކަނޑައަޅައި އޭގެ މިންވަރު ހިމަނާލެވިދާނެ.
މެނޭޖުކުރަން ކަނޑައަޅާފައިވާ ގޮތް |
ރަށުގައި މެނޭޖުކުރެވިދާނެ ޕަސަންޓޭޖް ނުވަތަ މިންވަރު |
މަހެއްގެ މައްޗަށް އުފެދޭ މިންވަރު (ކގ) |
ކުނީގެ ބާވަތް |
ކްރަޝްކޮށްފައި ކޮންސްޓްރަކްޝަން މަސައްކަތައް ބޭނުންކުރުމަށް ވިއްކުން |
85% |
960 |
ބިއްލޫރި |
ކާދު ހެދުން |
87% |
4،800 |
އަމިއްލައަށް ނެތިފަނާވެގެންދާޒާތުގެ ކުނި |
އެންދުން |
85% |
1،200 |
ކަރުދާހުގެ ބާވަތްތައް |
|
|
6،960 |
ޖުމްލަ |
4.6 ކުނި މެނޭޖުކުރާ ފަރާތްތަކަށް (ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަކަށް) ހަވާލުކޮށްގެން މެނޭޖުކުރެވޭނެ ކުނީގެ (އޮންސައިޓް/އޯފްސައިޓް) މިންވަރާއި ބާވަތްތައް
ރަށުން ބޭރުކުރަން ޖެހޭ ޕަސަންޓޭޖް ނުވަތަ މިންވަރު |
އަހަރެއްގެ އުފެދޭ މިންވަރު (ކގ) |
މަހެއްގެ މައްޗަށް އުފެދޭ މިންވަރު (ކގ) |
ކުނީގެ ބާވަތް |
100% |
14,400.00 |
1,200.00 |
ޕްލާސްޓިކް |
100% |
20,160.00 |
1,680.00 |
ދަގަނޑު |
100% |
3,600.00 |
300.00 |
ނުރައްކާތެރި ކުނި |
100% |
5,400.00 |
450.00 |
ކޮންސްޓްރަކްޝަން އެންޑް ޑެމޮލިޝަން ކުނި |
100% |
4,320.00 |
360.00 |
އެހެނިހެން |
100% |
47،880.00 |
3،990.00 |
ޖުމްލަ |
4.7 ކުނި އުފައްދާ ފަރާތުންކުނިބައިބައި ކުރާނެ ގޮތުގެ ތަފުސީލު
އުކާލުމަށް ބޭނުންވާ ކުނި ހުންނަންވާނީ ގޯތިން ކަނޑައަޅާ ދޮރުއަށި ކައިރީގައި ގޯތި ތެރޭގައި ފަސޭހައިން ނެގޭގޮތަށެވެ. ފަތްކުނި ހުންނަންވާނީ ޑަސްބިނަށް އަޅާފައެއެވެ. ދަގަނޑު، ޕްލާސްޓިކް، ބިއްލޫރި، ނެފީ، އިލެކްޓްރޯނިކް ކުނި، އަޅި، ވަކިވަކިން އެއްޗިއްސައް އަޅައި އައްސައި، ފަސޭހައިން އުފުލައި ގެންގުޅެވޭ ގޮތަށް ބެހެއްޓިފައެވެ. ބަދިގޭކުނި (ކާބޯ ތަކެއްޗާއި، ކުނިވާ ޒާތުގެ) ކުނި ހުންނަންވާނީ ކޮތަޅަށްލައި ޑަސްބިނުގައެވެ.
4.8 ކުނިބައިބައި ކުރުމުގެ އުޞޫލާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެގޮތުގެ އުޞޫލު
ކުނި އުފައްދާ ފަރާތްތަކުން ކަނޑައަޅައިފައިވާ އުޞޫލުތަލަށް ނޫން ގޮތަކަށް އަމަލުކުރުމުން އަޅާނެ ފިޔަވަޅުތައް (ޖޫރިމަނާކުރުން)
ކުށުގެ ބާވަތް |
ކުށްކުރާ ފުރަތަމަ ފަހަރު |
ކުށްކުރާ ދެވަނަ ފަހަރު |
ކުށްކުރާ ތިންވަނަ ފަހަރު |
ކުށްކުރާ ހަތަރު ވަނަ ފަހަރު |
ކުށްކުރާ 4 ވަނަ ފަހަރަށްވުރެ އިތުރަށްކުރާ ކޮންމެ ފަހަރަކު |
ގޭބިސީތަކުން ކުނި އުފައްދާ ފަރާތުން ކަނޑައަޅާފައިވާ ގޮތަށް ކުނި ވަކި ނުކުރުން |
0/- |
500/- |
500/-1 |
4000/- |
5000/- |
ކައުންސިލުތަކުންނާއި، ސިޓީ ނުވަތަ ރަށު ފެންވަރުގައި ވިޔަފާރިކުރާ ފަރާތްތަކާއި، ޔޮޓު، ސަފާރީ، ލިވަބޯޑުތަކާއި، ދައުލަތުގެ އިދާރާތަކުން، ކުނި އުފައްދާ ފަރާތުން ކަނޑައަޅާފައިވާގޮތަށް ކުނި ވަކި ނުކުރުން |
0/- |
500/- |
1500/- |
4000/- |
5000/- |
4.9 ބައިކޮށްފައިވާ ކުނި ބަލައިގަންނާނެ ގޮތުގެ އުޞޫލު
(ހ) ރަށުގައި އުފެދޭ އަދި އުފައްދާ އެންމެހާ ކުނިބުނިތައް ނައްތާލުމަށް ނުވަތަ ކުނި އަންދާލައިގެން ނައްތާލުމަށް ކުނި ޖަމާކުރާނީ ކައުންސިލުން ކުނި މެނޭޖްކުރުމަށް ކަނޑައަޅާފައިވާ ކުނި ކޮށްޓަށެވެ.
(ށ) ކައުންސިލުން ކުނި ކޮށްޓަށް ކުނި އަޅާނީ ތަފާތު ކުނިތައް އެޅުމަށް ނަންބޯޑު ޖަހާފައިވާ ނުވަތަ ފާހަގަ ކުރެވިފައިވާ ތަންތަނަށް އެބާވަތްތަކުގެ ކުންޏެވެ.
(ނ) ކުނީގެ ގޮތުގައި ހިމެނޭ އެއްވެސް އެއްޗެއް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލ.ކަލައިދޫ ކުނި ކޮށްޓަށް ނޫންތަނަކަށް ކުނި އަޅައިގެން ނުވާނެއެވެ. ކުނި ޖަމާކުރުމަށް ކަނޑައަޅާފައިވާ ކަލައިދޫ ކުނި ކޮށްޓަށް ފިޔަވާ އެނޫން ތަނަކަށް ކުނި އަޅައިފި ނަމަ ބެލެވޭނީ، މި އުޞޫލާއި އަދި ކަލައިދޫ ކުނި އުކާލުމާއި، ކުނި ނައްތާލުމާއި ބެހޭ ނަންބަރު 2015/R-91 ޤަވާޢިދާ ޚިލާފުވީ ކަމަށެވެ.
(ރ) ކުނި އެޅުމަށް ޚާއްޞަކުރެވި ކަނޑައެޅިފައިވާ ތަނަށް ކުނި ނާޅައި، އެނޫން ތަންތަނަކަށް އެއްވެސް ފަރާތަކުން ކުނި އަޅައިފި ނަމަ ނުވަތަ މިއުޞޫލާއި އަދި ޤަވާޢިދުގައި މަނާކޮށްފައިވާ ކަމެއް ކޮށްފިނަމަ މި އުޞޫލާއި ޤަވާޢިދާ ޚިލާފުވީކަމަށް ބަލައި، އެފަރާތަކާމެދު ކަލައިދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދު، ނަންބަރު 2015/R-91 ޤަވާޢިދާއި، މި އުޞޫލުގެ ދަށުން ޤާނޫނީ ފިޔަވަޅު އެޅޭނެއެވެ.
(ބ) އަދި ރަށުތެރެއަށާއި ރަށުގެ ހޭޅިއަށާއި ރަށުގެ ގޮނޑުދޮށާއި މަގުތަކާއި އާންމު ބިންތަކާއި، ފަޅުތެރެއަށް ކުނި އަޅަމުން ގެންދާނަމަ ތިމާވެށި ހިމާޔަތް ކޮށް ރައްކާތެރި ކުރުމާއި ބެހޭ ގޮތުން ހެދިފައިވާ ޤާނޫނާއި ޤަވާޢިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.
4.10 ކުނި މަދުކުރުމަށް އަޅާނެ ފިޔަވަޅުތައް
- ކުނި މަދުކުރުމުގެ ކެމްޕެއިން އެއް ހިންގުން،
- ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން( ސްކޫލް ކުދިންނަށާއި، ރައްޔިތުންނަށާއި، އެހެނިހެން އިދާރާތްތަކުގެ ބޭފުޅުންނަށް)
- ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށްޓަކައި އަލުން ބޭނުންކުރެވޭ އެއްޗެހި ތަޢާރަފްކޮށް، ބޭނުންކުރުމަށް ހިތްވަރުދިނުން
- ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި އަލުން ބޭނުންކުރެވޭ ފޮތި ކޮތަޅު ބޭނުން ކުރުން
4.11 ކުނި ރީސައިކަލް ނުވަތަ ރީޔޫސް ކުރަން ހަމަޖެހިފައިވާ ނަމަ އެއިންތިޒާމުތައް އަދި މިންވަރު
ރަނގަޅަށް ކުނި ބައިބައިކޮށްފައި ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން، ޕްލާސްޓިކް ފުޅި ކޮމްޕެކްޓް ކުރުން، ގްލާސް ކްރަޝް ކުރުން، އެލުމިނިއަމް ދަޅު ކޮމްޕެކްޓް ކުރުން، ގުދަންކޮށްފައި ވިއްކުން، ނުވަތަ ރީޖަނަލް ފެސިލިޓީއަށް ފޮނުވުން، ކާދު ތައްޔާރު ކުރުން، އަލުން ބޭނުންކުރެވޭ ތަކެތި އަލުން ބޭނުންކުރުން އަދި މިކަމަށް ހޭލުންތެރި ކުރުވުން
ރީޔޫޒް/ސައިކަލް ކުރެވިދާނެ މިންވަރު |
މަހެއްގެ މައްޗަށް އުފެދޭ މިންވަރު (ކގ) |
ކުނީގެ ބާވަތް |
87% |
1,200.00 |
ޕްލާސްޓިކް |
85% |
1,680.00 |
ދަގަނޑު |
85% |
450.00 |
ބިއްލޫރި |
|
3330 |
ޖުމްލަ |
4.12 ކުނި އެއްކޮށް ޖަމާކުރެވޭނެ ގޮތްތަކާއި އިންތިޒާމުތައް
- ކުނި ޖަމާކުރަން ހަމަޖެހިފައިވާ ވަސީލަތްތައް (ޑަސްބިން، ކޮތަޅު)
- ކުނި ޖަމާކުރަން ކަނޑައަޅާފައިވަނީ ކަލައިދޫ ވޭސްޓް މެނޭޖްމަންޓް ސެންޓާރ އަށް
4.13ކުނި މެނޭޖްކުރާ ސަރަހައްދަށް ކުނި އުފުލާ ގޮތް
ކުނި ނަގަނީ އެކި ބާވަތައްތައް ވަކިން، ކުނި އުފުލަނީ ޕިކަޕުގައި، ކުނި ގެންދާއިރު ގެންދަނީ ވަކި ވަކި ޑަސްބިނަށް ބައިބައިކޮށްގެންނެވެ. އަދި ކުނި އުފުލުމުގެ މަސައްކަތް ކުރާ މުވައްޒަފުން ރައްކާތެރިވުމުގެ ގޮތުން ތިބެނީ މާސްކުއަޅާ، އަންގިލައިގެން އަދި ސޭފްޓީ ބޫޓަށް އަރައިގެންނެވެ.
(ހ) ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:00 ން ފެށިގެން މެންދުރުފަހު 14:00 އާއި ދެމެދުއެވެ. އަދި ކޮންމެ ހުކުރު ދުވަހަކު ބަދިގޭ ކުނިނަގަނީ ހެނދުނު 8.00 އިން 10.00އަށެވެ.
(ށ) ފީ ނަގަމުން ދާނީ ހައްދުންމަތީ ކަލައިދޫ ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމާއި، ކުނި ނައްތާލުމާއި ބެހޭ އުޞޫލުން ކަނޑައަޅާފައިވާ އަގުތަކާއި ރޭޓް ތަކާއި އެއްގޮތަށެވެ.
4.14ކުނި މެނޭޖްކުރުމަށް ކަނޑައަޅާ ވަސީލަތްތައް
- ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް،
- އިކިއުޕްމަންޓްސް (ކޮމްޕެކްޓަރ، ކްރަޝަރ، ޝްރެޑަރ، ވުޑް ޗިޕާ)
- ވެހިކަލް،
- އަލިފާން ނިއްވާ ނިޒާމް
- ޑަސްޓްބިން (އެކި ސައިޒްގެ)
- ފަސްޓް އެއިޑް ކިޓް،
- ސޭފްޓީ ޝޫޒް،
- ސޭފްޓީ ހެލްމެޓް،
- ސޭފްޓީ ގްލޮވްސް،
- ޕްރޮޓެކްޓިވް ސޫޓް،
- ސޭފްޓީ މާސްކް،
- ޑަސްޓްބިން ކޮތަޅު
- އުދެލި، ފަކީރާ
- ފުރޭނި،
- ކާދު ޕެކް ކުރުމަށް ބޭނުންވާ ސާމާނު
- ގޯނި
- ޖަންބޯ ބޭގް
4.15ރަށުގެ ކުނި މެނޭޖްކުރުމުގެ ކަންތައް ބަލަހައްޓާ ކަނޑައަޅާ ފަރާތް
ހައްދުންމަތީ ކަލައިދޫ ކައުންސިލް
- ތަންފީޛުކުރުން
ކަލައިދޫ ކައުންސިލުން ފާސްކޮށްގެން އިތުރު ވަކިގޮތެއް ނާންގާހާ ހިނދަކު ނުވަތަ ޕުލޭން ބާޠިލު ނުކުރާހާ ހިނދަކު، މި ޕުލޭނާއި އެއްގޮތަށް ކަލައިދޫ ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ކަންކަން ކުރުވައި މި ޕުލޭން ތަންފީޒުކޮށް ނަގަހައްޓައި ހިންގަމުން ގެންދިއުން ، ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ނަންބަރު: 2015/R-91 ޤަވާޢިދުގެ ދަށުން ކަލައިދޫ ކައުންސިލުގެ މައްޗަށް ލާޒިމުކުރެއެވެ.
5.1ތަންފީޒުކުރާނެ ގޮތް
ހައްދުންމަތީ ކަލައިދޫ ގައި ކުނި މެނޭޖްކުރުމަކީ ޖުމްލަ ގޮތެއްގައި ކަލައިދޫގެ ކައުންސިލުގެ ޒިންމާއެކެވެ. ނަމަވެސް ކުނި މެނޭޖް ކުރުމުގެ ޕްލޭން އާއި ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރެވޭނީ ރަށު ރައްޔިތުންގެ އެއްބާރުލުން ލިބިގެންނެވެ.
5.2އެކި ފަރާތްތަކުގެ ދައުރު
ކަލައިދޫގައި ކުނި މެނޭޖުކުރުމުގެ ކަންތައް ބަލަހައްޓަން ކަނޑައަޅާފައިވާ ފަރާތަކީ ރަށު ކައުންސިލެވެ.
- ކުނި މެނޭޖުކުރުމުގެ ޤަވާއިދާއި އުޞޫލު ތަންފީޒުކުރުން.
- ކުނި މެނޭޖުކުރުމާއި ގުޅިގެން ސަރުކާރު މުއައްސަސާތަކުން ހޯދަން ޖެހޭ ހުއްދަތައް ހޯދުން.
- ކުނި މެނޭޖުކުރުމުގެ މަސައްކަތާއި ގުޅޭ ތަމްރީންތައް ހިންގުން.
- މުޢާމަލާތައް ބޭނުންކުރާނެ މަޢުލޫމާތު ތައްޔާރުކޮށް ކަމާއިބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
- ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުން.
- ކުނި ވަކިކުރުމަށް ބޭނުންކުރާނެ ތަކެތި ހޯދާ ހުރިހާ ތަނަކަށް ތަކެތި ފޯރުކޮށްދިނުން.
- ކުނިއެއްކުރާނެ ގޮތުގެ ތާވަލު ތައްޔާރުކޮށް ހުރިހާ ފަރާތްތަކަށް މަޢުލޫމާތު ބެހުން.
- ކުނި މެނޭޖުކުރުމަށް ބޭނުންވާ ޑަސްޓްބިން ފަދަ ތަކެތި، އުޅަނދު، ކޮންސްޓްރަކްޝަން މަސައްކަތްކުރާނެ ފަރާތްތައް، މެޝިނަރީ އަދި ކޮންސަލްޓަންޓުން ހޯދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- ކުނި އެއްކުރުމަށް ބޭނުންކުރާ އުޅަނދު އެކަމަށް ތައްޔާރުކުރުން.
- ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި އުޅޭނެ މުވައްޒިފުންގެ ވަޒީފާ ބަޔާން ތައްޔާރުކޮށް، މުވައްޒިފުން ހޯދާ އެމީހުން އެކަމަށް ތަމްރީންކުރުން.
- ކުނި މެނޭޖުކުރުމުގެ މަސައްކަތާއި ގުޅޭ ރެކޯޑްތައް ބަލަހައްޓަން ބޭނުންކުރާނެ ނިޒާމެއް ތައްޔާރުކޮށް ރެކޯޑްސް ބެލެހެއްޓުން.
- ކުނިކޮށި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުން.
- ކުނިކޮށީގައި މަސައްކަތްކުރުމާއި ގުޅިގެން ނަގަންޖެހޭ ރައްކާތެރި ފިޔަވަޅުތައް ނަގާ އެކަން ތަންފީޒުކުރާވަރު ބެލެހެއްޓުން.
- ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް ފީނެގުމުގެ ނިޒާމު ހިންގުން.
- ކުނި މެނޭޖުކުރުމުގެ ފީ ގެ ނިޒާމު އޮޑިޓްކޮށް މަޢުލޫމާތު ޢާއްމުންނާއި ޚިއްސާކުރުން.
- ރަށުގެ އާއްމު ސަރަހައްދުތައް ސާފުކުރެވޭން އިންތިޒާމު ހަމަޖެއްސުން.
- ކުނި މެނޭޖުކުރުމުގެ އެކިއެކި ކަންތައްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތްތައް ހޯދާ އެކަން ކުރިއަށް ގެންދިޔުން.