ދިވެހިރާއްޖެ
ޏ.އަތޮޅު ތަޢުލީމީ މަރުކަޒު
ފުވައްމުލައް
ނަންބަރ: (IUL)GS-13-AC/GS-13/2023/14
2024ވަނަ އަހަރު ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަޠު
01. 2024 ވަނަ އަހަރަށް މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
02. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 19 އޮކްޓޯބަރ 2023 ގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް ( [email protected]) އިޢުލާން ނަންބަރާއި ،ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު ( ކުންފުނީގެ ނަމާއި އެޑްރެސް / ފޯނުނަންބަރު/ އީމެއިލް އެޑްރެސް /މަޢުލޫމާތު ސާފްކުރަން ވަޑާގަންނަވާ ފަރާތުގެ ފުރިހަމަ ނަން) މެއިލް ކޮށްދެވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
03. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
04. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 22 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.
05. ބިޑް ހުޅުވުން އޮންނާނީ 29 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.
06. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި ޢިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
07. ނަން ނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޏ. އަތޮޅު ތަޢުލީމީ މަރުކަޒު
ފޯން: 7925002'9999802
އީ-މެއިލް: [email protected]
10 އޮކްޓޯބަރ 2023