ދިވެހިރާއްޖެ
މަޤާމު: އެސިސްޓެންޓް އާކިޓެކްޓް
ޑިޕާޓްމަންޓް: ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް
ސެކްޝަން: ފިޒިކަލް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންޓްރޯލް
ޔުނިޓް: ފިޒިކަލް ޕްލޭނިންގ
ބޭނުންވާ އަދަދު: 1
މަޤާމުގެ އަސާސީ ޝަރުޠު:
- އާރކިޓެކްޗަރ ނުވަތަ އާރބަން ޕްލޭނިންގ / ޑިޒައިން ގެ ދާއިރާއިން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- ހުޅުމާލޭގެ މާސްޓަރ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް، އިތުރަށް ހޯދަންޖެހޭ ހޯދުންތައް ހޯދުމަށާއި މަޢުލޫމާތު އެއްކުރުމަށް ދިރާސާކުރުމާއި އެއާ ގުޅިގެން ކުރަހަންޖެހޭ ކުރެހުންތައް ތައްޔާރުކުރުން.
- އެޗް.ޑީ.ސީ އިން އިމާރާތްކުރާ ތަންތަން ޑިޒައިންކުރުމާއި، ކުރެހުންތައް ތައްޔާރުކުރުން.
- ހުޅުމާލޭގެ މެޕްތައް ޑްރާފްޓްކުރުން.
- އެގްރިމެންޓްތަކާއި ރެޖިސްޓްރޭޝަންތަކަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކުރުން.
- ޕްލޭނިންގ ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކުގެ ލިޔެކިޔުންތައް ރަނގަޅަށް ބެލެހެއްޓުމާއި އަދި މިނޫންވެސް ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:
- އޮޓޯ ކެޑް ބޭނުން ކުރަން އެނގުމާއި ޑްރާފްޓިންގ ސޮޕްޓްވެއަރތައް ބޭނުންކުރަން އެނގުން.
- އެމް.އެސް. އޮފީސް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.
- ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
- މިވަޒީފާއަށް މީހުން ހޮވުމުގައި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
އަސާސީ މުސާރަ: 6200.00ރ އާއި 7،800.00ރ އާ ދެމެދު.
ޖުމްލަ ޕެކޭޖް (އެލަވަންސްތަކާއެކު): 10,930.00ރ އާއި 12,530.00ރ އާ ދެމެދު.
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
މި ވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމު މި ކޯޕްރޭޝަނުގެ މައި އޮފީހުންނާއި މާލެއޮފިހުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
1 ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް
މާލެ، ދިވެހިރާއްޖެ
ފޯނު: 3336755
ފެކްސް: 3335892، ނުވަތަ؛
3 ވަނަ ފަންގިފިލާ،އެޗް.ޑީ.ސީ. ބިލްޑިންގ
ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު: 3353535
ފެކްސް: 3358892