މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

  • -/6,295ރުފިޔާ
  • -/2,000 ރުފިޔާ
  • މުސާރައިގެ %35

( އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ކްލައިމެޓް ޗޭންޖް ޑިޕާރޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • އެންވަޔަރަންމަންޓަލް ޓެކްނޮލޮޖީ ނުވަތަ އިލެކްޓްރިކް ނުވަތަ އިލެކްޓްރޯނިކް އިންޖިނިއަރިންގ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓަކް ޓެކްނޮލޮޖީ ނުވަތަ އިލެކްޓްރިކް ނުވަތަ އިލެކްޓްރޯނިކް އިންޖިނޭރިންގ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެންވަޔަރަންމަންޓަލް ޓެކްނޮލޮޖީ ނުވަތަ އިލެކްޓްރިކް ނުވަތަ އިލެކްޓްރޯނިކް އިންޖިނިއަރިންގ މަސައްކަތާ ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓަލް ޓެކްނޮލޮޖީ ނުވަތަ އިލެކްޓްރިކް ނުވަތަ އިލެކްޓްރޯނިކް އިންޖިނޭރިންގ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެންވަޔަރަންމަންޓަލް ޓެކްނޮލޮޖީ ނުވަތަ އިލެކްޓްރިކް ނުވަތަ އިލެކްޓްރޯނިކް އިންޖިނިއަރިންގ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ،
  • އެންވަޔަރަންމަންޓަލް ޓެކްނޮލޮޖީ ނުވަތަ އިލެކްޓްރިކް ނުވަތަ އިލެކްޓްރޯނިކް އިންޖިނިއަރިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޔޫ.އެން.އެފް.ސީ.ސީ.ސީ ގެ ދަށުން ހުށަހަޅަންޖެހޭ ބައިއެނިއަލް ރިޕޯޓުތައް ގަވާއިދުން ތައްޔާރުކޮށް ހުށަހެޅުމުގައި އެހީތެރިވެދިނުން.
  • ދުނިޔޭގެ ފެންވަރުގައި ތަޢާރަފުކުރެވޭ މިޓިގޭޝަން ޓެކްނޮލޮޖީތައް ދިރާސާކޮށް ރާއްޖެއަށް އެޕްލައިކުރެވޭ ޓެކްނޮލޮޖީތައް ރާއްޖެއަށް ތަޢާރަފުކުރުމަށް މަސައްކަތް ކުރުމާއި މިކަމުގައި އެއްބާރުލުން ދިނުން.
  • ޑިޕާރޓްމަންޓުން ތައްޔާރު ކުރެވޭ ކްލައިމެޓް ޗޭންޖް މިޓިގޭޝަން ޕްރޮޖެކްޓް ކޮންސެޕްޓްތައް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ތައްޔާރުކުރުމުގައި މިކަމުގައި އެހީތެރިވެދިނުން.
  • ކުލައިމެޓް ޗޭންޖް މިޓިގޭޝަންގެ ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ގުޅުން ބަދަހިކުރުމުގައި ޑިޕާރޓްމަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި މިދާއިރާ ކުރިއެރުވުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހިތެރިކަން ހޯދުމުގައި ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ ބެއްލެވުމުގެ ދަށުން ކުރުން.
  • ރާއްޖޭގެ ގްރީންހައުސް ގޭސް އިންވެންޓްރީ ހެދުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މިކަންތައް ކަމާބެހޭ ސުޕަވައިޒަރުގެ ބެއްލެވުމުގެ ދަށުން ވިލަރެސް ކުރުން.
  • ޔޫ.އެން.އެފް.ސީ.ސީ.ސީ އަދި ކިޔޯޓޯ ޕްރޮޓޮކޯލްގެ ދަށުން އެއްބަސްވެވޭ އަދި ރާއްޖެ ޤަބޫލުކުރާ ތަފާތު މާރކެޓް މެކޭނިޒަމްތައް ރާއްޖެ ތަޢާރަފް ކުރުމާއި، ހިންގުމުގައި އެހީތެރިވުން.
  • މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން ވަކިން ޚާއްޞަކޮށް މިޓިގޭޝަނާއި ބެހޭ ގޮތުން ބޭރުގެ އެކިއެކި ޖަމާއަތްތަކުން ހިންގާ އެކިއެކި މަޝްވަރާ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި ބައިވެރިވާންޖެހޭ ޙާލަތްތަކުގައި މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވުން.
  • ކުލައިމެޓް ޗޭންޖް މިޓިގޭޝަން ދާއިރާއިން ކުރާ މަސައްކަތްތައް ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މޫސުމަށްއަންނަ ބަދަލުތަކާއި ނުވަތަ މި ދާއިރާއާއި ގުޅުންހުރި މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިންގުމުގައި ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ތިމާވެއްޓާއި ހަކަތައާއި ގުޅޭ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މިންވަރު.
  • މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މައްސަލަތާކާއި މި ދާއިރާގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.
  • ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާއި ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

  • ސުންގަޑި: 16 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 17 މާރިޗު 2015 އާއި 13 އެޕްރީލް 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
05 ޖުމާދަލްއޫލާ 1436
05 މާރިޗު 2015
ހޯދާ