މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަަށުގެ މަގު ބައްތިތަކާއި ބަނދަރު ބައްތިތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
(IUL)307/INDIV/2023/63 :ނަންބަރު
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
ރަށުގެ މަގު ބައްތިތަކާއި ބަނދަރު ބައްތިތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު (IUL)307/INDIV/2023/57 (03 އޮގަސްޓް 2023) ގެ އިއުލާނާއި ގުޅިގެން އެކަމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިއުލާނު ބާތިލުކޮށް، މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
- ކޯޓޭޝަން ހުށަހެޅުމަށް އެދޭފަރާތްތަކުން މިއިޢުލާނާއި ހަވާލާދީ މިކައުންސިލްގެ އީ-މެއިލް [email protected] އަށް މެއިލްކުރެއްވުންއެދެމެވެ.
- ކޯޓޭޝަން ހުށަހެޅުމުގެ އެންމެ ފަހުގެ ވަގުތަކީ 2023 އޮކްޓޯބަރ 18 ވާ ބުދަ ދުވަހުގެ 14:00 އެވެ. މިގަޑީގެ ފަހުން ލިބޭ އެއްވެސް ކޯޓޭޝަންއެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
- އެންމެ އަގު ކުޑަ ކޯޓޭޝަން ހުށަހަޅާ ފަރާތަކަށް މަސައްކަތް ހަވާލް ކުރާނޭކަން 2023 އޮކްޓޯބަރ 20 ވާ ބުރާސްފަތި ދުވަހުގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލް އިދާރާއިން އަނގާނެއެވެ.
- ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރ 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2023 އޮކްޓޯބަރ 17 ވަނަ ދުވަހުގެ 23:59 ގެ ކުރިން ސާފުކުރެއްވުން އެދެމެވެ.
- އިތުރު މައުލޫމާތު ސާފުކުރެއްވުމަށް:
ފޯން: 6580052 / 7801241
އީމެއިލް: [email protected]
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 އޮކްޓޫބަރު 2023
ހޯދާ