މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު، ޖޯލި، ދުއްވާ ތަކެތި ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ އުސޫލާއި އެއްގޮތަށް އަމަލުކުރުމަށް ދެންނެވުން.

ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު، ޖޯލި، ދުއްވާ ތަކެތި ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ އުސޫލާއި އެއްގޮތަށް އަމަލުކުރުމަށް ދެންނެވުން.

     މިކައުންސިލްގެ ނަންބަރު: (IUL)333/333/2023/9 (26 ޖަނަވަރީ) އިޢުލާން އާއި އެކު އާންމުކުރެވިފައިވާ މިރަށުގެ ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ވާ، ޓިނު، ޖޯލި، ދުއްވާ ތަކެތި ފަދަ ތަކެތި ނެރެފައި ބެހެއްޓުމުގެ  އުސޫލު އާއި އެއްގޮތަށް އަދިވެސް ބައެއް ފަރާތްތަކުން އަމަލުކުރަމުން ނުގެންދާކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން އިސްވެ ދެންނެވުނު އުސޫލާއި ހިލާފަށް ހުރިކަންކަން 2023 އޮކްޓޯބަރ 31 ގެ ކުރިން އިސްލާޙް ކުރުމަށްވެސް ދަންނަވަމެވެ. އަދި މިތާރީޚާއި ހަމައަށް އެސޫލާއި ޚިލާފްވާ ފަރާތްތަކާއި މެދު މިއުސޫލުގައި ވާގޮތަށް އަމަލު ކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

            މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                       24 ރަބީޢުލްއައްވަލް 1445

09 އޮކްޓޫބަރު 2023
ހޯދާ