ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ހަމަ ޖެހިފައިވާ ބިންތައް ބިޑް އުސޫލުން ކުއްޔަށް ދޫކުރުން

ގދ. ފިޔޯރީ ބަދަރު ސަރަހައްދުން ވިޔަފާރި އުސޫލުން ބިން ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ކުރި، ނަންބަރ  (IUL)422-A02/422/2023/72 އިއުލާނާއި ގުޅިގެން، ބިން ކުއްޔަށް ހިފުމަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެ އިއުލާން ބާޠިލްކޮށް، އަލުން އިއުލާން ކުރަމެވެ. އެގޮތުން ދޫކުރުމަށް ނިންމާފައިވާ ބިމުގެ ތަފްސީލް ތިރީގައި އެވަނީ އެވެ.

ބިމުގެ މުއްދަތު: 15 އަހަރު

ބިމުގެ ބޮޑުމިން:   ޕޮލޮޓް 5 : 1848.49 އަކަފޫޓް

              ޕޮލޮޓް 6 : 1790.04 އަކަފޫޓް

ދޫކުރުމަށް ނިންމާފައިވާ ބިމުގެ އަދަދު: 02

ވީމާ، ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 އޮކްޓޯބަރ 18 ވަނަ ބުދަ ދުވަހުގެ  13:00 ގެ ކުރިން އިދާރާގެ މެއިލް އެޑްރެހަށް، ([email protected]) އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުވުއްމަށް ފަހު އީމެއިލް ކޮށް ދެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ ލިޔެކިއުންތައް، ސްޕްޓް ކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެ އެވެ. ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޮކްޓޯބަރ 24  ވާ އަންގާރާ ދުވަހުގެ 13:00 ގެ ކުރިން، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލް އަށް ފޮނުވޭ ސުވާލު ތަކުގެ ޖަވާބު   2023 އޮކްޓޯބަރ 25 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެ ފަރާތްތަކުގެ މެއިލް އަށް ފޮނުވޭނެ އެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 2023 އޮކްޓޯބަރ 26 ވާ ބްރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރުމަޢުލޫމާތު

ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ

ފޯން:  4002625

އީމެއިލް: [email protected]

ވީމާ، މިކަން ޢާއްމުކޮށް އަންގުމަށްޓަކައި އިއުލާން ކުރީމެވެ.

9 އޮކްޓޯބަރ 2023

09 އޮކްޓޫބަރު 2023
ހޯދާ